ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)384-A/2021/31
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 15 އޮގަސްޓް 2021 13:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު މަޑިފުށީން ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ

ބިމާބެހޭ ޤާނޫނު (ޤާނޫން ނަންބަރ 2002/01) ގެ 12 ވަނަ މާއްދާއާއި، އެޤާނޫނުގެ ދަށުން ހެދިފައިވާ "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާއިދު" ގައިވާ ގޮތުގެ މަތިން، ދިރިއުޅުމަށްޓަކައި މިރަށުން 2000 (ދެހާސް) އަކަފޫޓްގެ 150 (ސަތޭކަ ފަންސާސް) ގޯތި ދޫކުރުމަށް މި ކައުންސިލުގެ ނަންބަރު 23/2021 ބައްދަލުވުމުން ވަނީ ނިންމާފައެވެ.

                ވީމާ، މި ކައުންސިލުން ތައްޔާރުކޮށްފައިވާ "ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ އުސޫލު" ގައިވާ ޝަރުތު ހަމަވާ ފަރާތްތަކުން، "ކޮޅުމަޑުލު މަޑިފުށިން ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދިހުށައަޅާ ފޯމް" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއިއެކު ހުށައަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތަކާއިއެކު، މި އިދާރާއަށް ހުށައެޅުއްވުންވުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމުގެ ކަންކަން ތިރީގައިވާ ތާވަލާއި އެއްގޮތަށް ކުރިޔަށްދާނެއެވެ.

ފޯމު ދޫކުރުން

ފޯމު ބަލައިގަތުން

04 ޖުލައި 2021 އިން 05 އޮގަސްޓް 2021 އަށް

(ރަސްމީ ދުވަސްދުވަހު 9:00 އިން 13:00 އަށް)

11 ޖުލައި 2021 އިން 15 އޮގަސްޓް 2021 އަށް

(ރަސްމީ ދުވަސްދުވަހު 9:00 އިން 13:00 އަށް)

މި އިޢުލާނާއިއެކު މި ކައުންސިލުން ތައްޔާރުކޮށް، ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ހުއްދަދީފައިވާ "ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ އުސޫލު" އާއި އަލަށް ދޫކުރާ 150 (ސަތޭކަ ފަންސާސް) ގޯތި ހިމެނޭ ސަރަޙައްދުގެ ޗާޓު ހިއްސާކުރީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

28 ޖޫން 2021