ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 307/INDIV/2021/30
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 06 ޖުލައި 2021 13:30
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 ވަނަ އަހަރަށް އެކުލަވާލާ ޕޫލަށް މީހުން ހޯދުން

އިޢުލާން

                                                             ނަންބަރ:IUL)307/INDIV/2021/30)

2021 ވަނަ އަހަރަށް އެކުލަވާލާ ޕޫލަށް މީހުން ހޯދުން

                 މިސްކިތު އިމާމުންނާއި މަސައްކަތު މީހުން ޗުއްޓީ އާއި ސަލާމުގައި ތިއްބަވާ ދުވަސްތަކުގައި މިސްކިތްތަކުގައި މަސައްކަތްކޮށްދޭނެ ފަރާތްތަކުގެ ޕޫލެއް އެކުލަވާލުމަށް ބޭނުންވާތީ ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.

                 މަޤާމް:             ޕޫލް އިމާމް

                 ފެންވަރު ނުވަތަ ޝަރުތު: ދަށްވެގެން އިމާމުކަމުގެ ސަނަދު ނުވަތަ ދާއިރާއާއި ގުޅޭ އެފެންވަރުގެ އެހެން ސަނަދެއް ހާޞިލްކޮށްފައިވުން.

                 އުޖޫރަ:             ބަންގިގޮވާ އިމާމުވެ ނަމާދުކުރަށްވާ ކޮންމެ ވަގުތަކަށް -/61ރ (ފަސްދޮޅަސް އެއް ރުފިޔާ)

                 މަޤާމް             ޕޫލް މުދިމު

                 ފެންވަރު ނުވަތަ ޝަރުތު: ރީތިކޮށް ބަންގިގޮވަން އެނގުމާއި ރީތިކޮށް ޤުރުއާން ކިޔަވަން އެނގުން.

                 އުޖޫރަ:             ބަންގިގޮވާ އިމާމުވެ ނަމާދުކުރަށްވާ ކޮންމެ ވަގުތަކަށް -/53ރ (ފަންސާސް ތިން ރުފިޔާ)

                 މަޤާމް:             ޕޫލް މަސައްކަތު

                 ފެންވަރު ނުވަތަ ޝަރުތު: ލިޔަން ކިޔަން އެނގުން

                 އުޖޫރަ:             މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/45ރ (ސާޅީސް ފަސް ރުފިޔާ)

                 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމް މިއިދާރާއިން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު، 06 ޖުލައި 2021 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

                 މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

28 ޖޫން 2021