ކުއްޔަށް ދިނުން
ނަންބަރު: (IUL)374-C/374/2021/24
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 12 ޖުލައި 2021 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ ރައްޔިތުންގެ "ފިނިހިޔާ " ޢިމާރާތް ކުއްޔަށް ދޫކުރުން :

ނިލަންދޫ ރައްޔިތުންގެ "ފިނިހިޔާ " އިމާރާތް 1 ޑިސެންބަރު 2021 އިން ފެށިގެން 10 (ދިހައެއް ) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމައިފީމެވެ. މި ޢިމާރާތުގެ ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކަށް -/6500 (ހަހާސް ފައްސަތޭކަ ) ރުފިޔާއެވެ.

ވީމާ މިޢިމާރާތް ކުއްޔަށް ހިއްޕަވަން ބޭނުންފުޅުވާ ބޭފުޅުން 2021 ޖުލައި 12 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ހަމަޖައްސާފައިވާ ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ނިލަންދޫ ރައްޔިތުންގެ ފިނިހިޔާ ޢިމާރާތް ކުއްޔަށް ހިފުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

17 ޒުލްޤައިދާ 1442

27 ޖޫން    2021

 

 

 

 

 

                                       އަލީ އަޙުމަދު

                                                ފ. ނިލަންދޫ ކައުންސިލްގެ ރައީސް

27 ޖޫން 2021