ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)347/347/2021/24
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 08 ޖުލައި 2021 12:00
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ ޕިކަޕް ގެނެސްދޭނެ ފަރާތެއް ހޯދުން

އދ.ހަންޏާމީދޫ ކައުންސިލްގެ އިދާރާއަށް 2 (ދޭއް) ޓަނުގެ ފިކަޕެއް ގެނެސްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

          ވީމާ، މިމަސައްކަތް މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިވެލަށްވާ ފަރާތްތަކަށް ބިޑު ހުށަހެޅުއްވުމުގެ ދައުވަތު އަރުވަމެވެ.

         މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެށް 08 ޖުލައި 2021 ވާ އާދީއްތަ ދުވަހުގެ 13:00ގައި މިއިދާރާގައި އޮންނާނެއެވެ.

         މި ކަމަށް އެދި ބިޑު ހުށައެޅޭނީ މިއިދާރާގައި ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ.

         ބިޑުހުށަހެޅުމާއި މަޢުލޫމާތު ސާފުކުރުމަށް ރަޖިސްޓްރީ ކުރުން ކުރިއަށް ގެންދާނީ 01 ޖުލައި 2021 އިން 08 ޖުލައި 2021 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 12:00އަށް މި އިދާރާގައެވެ. ރަޖިސްޓްރީ ކުރަން އެދޭފަރާތްތަކުން މި އިދާރާއަށް ދުރުވެ ނުވަތަ މި އިދާރައިގެ ނަންބަރު 6680056 ފޯނަށް ގުޅުއްވަވައިގެން ކުރިޔަށް ގެންދެވުން އެދެމެވެ.

         ބިޑު ހުށަހެޅުމާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 14 ޖުލައި 2021 ވާ ބުދަ ދުވަހުގެ 13:00ގައި މި އިދާރާގައެވެ.

        އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ދިވެހިރއްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

28 ޖޫން 2021