ނީލަން
ނަންބަރު: R/IUL/2021/80
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 15:44
ސުންގަޑި: 04 ޖުލައި 2021 11:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިއުން

ނަންބަރ: R/IUL/2021/80  

                                       އިޢުލާން

މި ކުންފުނީގެ ކ. ދިއްފުށީ އިންޖީނުގޭގައި ހުރި ގިނަ އަދަދެއްގެ ބައު ތަކެތި ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

މި ނީލަން ފެށޭ އަގަކީ 5,000.00ރ (ފަސްހާސް) ރުފިޔާ އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 500ރ (ފައްސަތޭކަ) ރުފިޔާއެވެ.

ވީމާ، މި ތަކެތި ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 30 ޖޫން 2021 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑުގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 04 ޖުލައި 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި  30 ޖޫން 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރި ނުވާ ފަރާތް ތަކަށް ވެސް މިނީލަމުގައި ބައިވެރިވެވޭނެ ކަމުގައި ދަންނަވަމެވެ.

މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާނަމަ ނީލަމުގައި ބައިވެރިއެއް ނުވެ ވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 03 ދުވަސް ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާތިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ކުރީގެ ނީލަން ކާމިޔާބު ކުރި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338365 ނަންބަރު ފޯނާއެވެ.

                                     17 ޛުލްޤަޢިދާ 1442

27 ޖޫން 2021