ޢާންމު މަޢުލޫމާތު
ނަންބަރު: B/266/2021/66-(IUL)266
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 08 ޖުލައި 2021 00:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީގަައި ޤަވައިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތަކާއި އުޅަނދުތަކުގެ ބައިތައް ނެގުމަށް އެންގުން

ކުޅުދުއްފުށީ ސިޓީގެ އާންމު ތަންތަނާއި މަގުތަކުގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ނަންބަރު: 2009/5 އާއި ޚިލާފަށް ބަހައްޓާފައިހުރި ގިނަ ދުވަސްވީ އުޅަނދުތަކާއި އުޅަނދުތަކުގެ ބައިތައް ނެގުމަށް މިއިދާރާ އާއި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ މުޚުލަތެއްގެ ތެރޭގައި ވެރިފަރާތުން މިފަދަ ތަކެތި ނެންގުވުމަށް އިލްތިމާސްކުރަމެވެ.

މިމުއްދަތުހަމަވުމަށްފަހު، އެފަދަ އުޅަނދުތަކާއި އުޅަނދުތަކުގެ ބައިތައް އިތުރު އެންގުމަކާއިނުލާ ނެގުމަށްފަހު ނައްތާލެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

27 ޖޫން 2021