ވަޒީފާގެ ފުރުޞަތު
                	
                ނަންބަރު: (IUL)335-AS/335/2021/56
                    ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2021
                    ޕަބްލިޝްކުރި ގަޑި:  11:13
                                            ސުންގަޑި: 
                            30 ޖޫން 2021 14:00
                        
                    
                މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ސަޕްލަޔަރަކު ހޯދުމާގުޅޭ
                                އިޢުލާން
ސަޕްލަޔަރަކު ހޯދުމާގުޅޭ
ކޮވިޑް 19 އާއި ގުޅިގެން މިކައުންސިލްގެ ފަރާތުން މާލެއިން ކުރަންޖެހޭ ކަންތައްތައް ކުރުމަށާއި ގަންނަންޖެހޭ ތަކެތި ރަށަށް ފޯރުކޮށްދޭނެ ސަޕްލަޔަރަކު ބޭނުން ވެއްޖެއެވެ.
ބޭނުންވާ ޢަދަދު: 1 ( އެކެން )
ބާވަތް: ކޮންޓްރެކްޓް އެމްޕްލޯއިމެންޓް
މުއްދަތު: 3 ( ތިނެއް ) މަސް ދުވަސް
އެލަވަންސް: މަހަކު -/3500ރ ( ތިންހާސް ފަސްސަތޭކަ ރުފިޔާ )
ސަޕްލަޔަރގެ މަސްއޫލިއްޔަތާއި މަސައްކަތް ކުރަންޖެހޭ ގޮތް:
- މާލެ ސިޓީގެ ފިހާރަތަކުން އަގުބަލަންޖެހޭ ތަކެތީގެ އަގު ބެލުމުގެ މަސައްކަތް ކުރުމާއި ލިއުންތައް ކައުންސިލަށް ފޮނުވުން.
 - މާލެ ސިޓީގެ އޮފީސްތަކާއި ފިހާރަތަކުން ގަންނަންޖެހޭ ތަކެއްޗާއި ޙަވާލުވެ އެތަކެތި ކައުންސިލަށް ފޮނުވުން.
 - ރަށުގެ ރައްޔިތުންނަށް ބޭނުންވެގެން ރަށުން ނުލިބޭ ބޭސް މާލެއިން ހޯދާ، ފޮނުވައިދިނުން.
 - ޑީ. އެން. އާރު އިން ނަގަން ޙަވާލުކުރެވޭ އައި ޑީ ކާޑު ނަގައި ކައުންސިލަށް ފޮނުވުން.
 - ކައުންސިލުން މާލޭގެ އެކި އޮފީސްތަކަށް ބިޑު ހުށަހަޅަން ޖެހިއްޖެނަމަ އެކަމާބެހޭ އެންމެހައި ކަންތައް ކުރުން.
 - ބެންކު ތަކުން ހޯދަންޖެހޭ ޚިދުމަތްތަކަށް ބެންކު ތަކަށް ދިއުން.
 - މިނޫނަސް މާލެއިން ކުރަންޖެހޭ މިބާވަތުގެ އެންމެހައި ކަންތައްތައް ކުރުން
 
ހުށަހަޅަންޖެހޭ ލިއުންތައް:
- މިކަމަށް އެދި ހުށަހަޅާ ސިޓީ.
 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 - މިދާއިރާ އިން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިއުން.
 
ސަޕްލަޔަރ ހޮވުމަށް ބަލާނެ މިންގަޑުތައް
- ތަޖުރިބާ
 - އިންޓަރވިއު އިން އެންމެމަތިން ޕޮއިންޓް ލިބޭ ފަރާތް
 
ސަޕްލަޔަރ ކަމަށް އެދެންވީ ގޮތާއި ސުންގަޑި:
- މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖޫން 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން ނުވަތަ މެއިލް މެދުވެރި ކޮށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާ އަށް އެދޭ ލިއުންތައް އޭ މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected] އަށެވެ.
 
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
- ކުރިމަތި ލައްވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު 04 ޖުލައި 2021 އާއި 07 ޖުލައި 2021 އާ ދެމެދު މިއިދާރާގައި އޮންނާނެ އެވެ. އިންޓަވިއު އޮންނަ ދުވަހު ރަށުގައި ނުހުރެވޭ ފަރާތްތަކުން އޮންލައިންކޮށް އިންޓަވިއު ކުރެވޭނެ އެވެ.
 
އިތުރު މަޢުލޫމާތު:
- މިމަޤާމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު: 6642024 އަށް ގުޅުއްވުން އެދެމެވެ.
 
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
                24 ޖޫން 2021