ބީލަން
ނަންބަރު: (IUL)425-A2/1/2021/90
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 18:58
ސުންގަޑި: 07 ޖުލައި 2021 11:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް 01 ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގަންނަންބޭނުންވެއްޖެއެވެ.

       މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ސްޕެސިފިކޭޝަނުގެ 01 ވީޑިއޯ ކޮންފަރެންސް ސިސްޓަމް ވިއްކުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު  ހުށަހަޅުއްވަން ވަޑައިގަންނަވާފަރާތްތަކުގެ އަންދާސީ ހިސާބު  ބަލައި ނުގަނެވޭނެއެވެ.

މިމަސައްކަތް ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ދީފައިވާ ސްޕެސިފިކޭޝަނުގައި ވާގޮތުގެމަތީން ޓެކްނިކަލް އިވެލުއޭޝަން ހެދުމަށްފަހު އޭގެތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތަކަށެވެ. އަންދާސީހިސާބާއެކު ބިޒްނަސް ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެވެ.

  • ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-އެމްއިލް: [email protected] އަށް މެއިލް ފޮނުވުމުން ބީލަމުގައި ރެޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުންނެވެ.
  • ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 29 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަކަށްޓަކައި ދަންނަވަމެވެ.
  • މިމަސައްކަތާއި ގުޅިގެން ބާއްވާ މައުލޫމާތު ޝެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 04 ޖުލައި 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ބީލަން ރަޖިސްޓްރީ ކުރާ ފަރާތްތައް ހިމެނޭހެން، އޮންލައިންކޮށެވެ. އަދި އެފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ލިންކް ފޮނުވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
  • ބީލަން ހުޅުވުން އޮންނާނީ 07 ޖުލައި 2021 ވާ ބުދަ ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނު މަގު،މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށިގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  • ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  • މިއިއުލާނާއެކު މައުލޫމާތު ކަރުދާހާއި، ސްޕެސިފިކޭޝަން ޝީޓް އަދި ބީލަން ރަޖިސްޓްރޭޝަން ފޯމް އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
  • މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 04 ޖުލައި 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected]މި އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

-          ޕްރޮކިއުމަންޓް ސެކްޝަން

-          މާލޭ ސިޓީ ކައުންސިލްގެ އިދާރާ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ / 4 ވަނަ ފަންގިފިލާ)

-          އަމީނީމަގު، މާލެ، ދިވެހިރާއްޖެ

-          ފޯން: 3323902

-          އީމެއިލް: [email protected]

24 ޖޫން 2021