ދިވެހިރާއްޖެ
ނީލަން
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ނަންބަރު:IUL)25-A4/25/2021/41)
އިޢުލާން
މި މިނިސްޓްރީގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުން:
މި މިނިސްޓްރީގެ އިއުލާން ނަންބަރ:IUL)25-A4/25/2021/40) އާއި ގުޅޭ،
މި މިނިސްޓްރީގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުމަށް 21 ޖޫން 2021 ގައި ކުރެވުނު އިއުލާނާގުޅިގެން، 24 ޖޫން ވީ ބުރާސްފަތި ދުވަހު ނީލަން ކިޔުމަށްފަހު އެއްވެސް ފަރާތަކުން ގަނެފައި ނުވާތީ، މިތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުން 06 ޖުލައި ވާ އަންގާރަ ދުވަހު ހެނދުނު 11:00 ގައި މިމިނިސްޓްރީގެ ގޯތިތެރޭގައި (ބޮޑުތަކުރުފާނުމަގު، 6 ނަންބަރު ޖެޓީ ކުރިމަތި) އޮންނާނެއެވެ. މިއިޢުލާނާއިއެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚަށް މި މިނިސްޓްރީއަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ބޭފުޅުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޓެލެފޯން ނަންބަރު 3323400 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ޛުލްޤައިދާ 1442
24 ޖޫން 2021