މަސައްކަތް
ނަންބަރު: (IUL)472/1/2021/27
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 16:03
ސުންގަޑި: 04 ޖުލައި 2021 13:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މިނިސްޓްރީއަށް ބޭނުންވާ މުދާ ނެގުމާއި އޮފީހުގެ އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީއަށް ބޭނުންވާ މުދާ ނެގުމާއި އޮފީހުގެ އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

           

        މިނިސްޓްރީއަށް ބޭނުންވާ މުދަލާއި ތަކެތި ނަގާދިނުމާއި މިނޫންވެސް އޮފީހުގެ އެކި މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

        ވީމާ، މި މަސައްކަތްކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން 04 ޖުލައި 2021 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޗަނބޭލީ ވިލާ (ކުރީގެ ސްޓާ ސިނަމާ ބިލްޑިންގ)، މަޖީދީމަގު، 03 ވަނަ ފަންފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ކަނޑައަޅާފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާ ދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

        އަދި ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

24 ޖޫން 2021