މަޤާމު:
|
މަސައްކަތު މީހުން
|
ބޭނުންވާ ޢަދަދު : 1
|
މުސާރަޔާއި އިނާޔަތްތައް:
|
- އަސާސީ މުސާރަ : 4000.00
- ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް: ދުވާލަކަށް 50.00 ރުފިޔާ
- ސަރވިސް އެލަވަންސް: މަހަކަށް 1200.00 ރުފިޔާ
- ފޯނު އެލަވަންސް: މަހަކަށް 100.00 ރުފިޔާ
- އިތުރު ގަޑީގައި މަސައްކަތް ކުރާކަމުގައިވާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އައި.ޔޫ.އެމް ލަރނިންގ ސެންޓަރ – ސ. މީދޫ
|
މަޤާމުގެ ޝަރްޠުތައް:
|
- ލިޔަންކިޔަން އެގުން. (އިންޓަރވިއު ކުރާއިރު މިބައި ޓެސްޓު ކުރެވޭނެއެވެ.)
- ހީވާގި މުރާލިކަމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން
- ނަޒާހަތްތެރި ރަގަޅު އަޚްލާގެއްގެވެރި މީހަކަށްވުން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކެމްޕަހުގެ އޮފީސްބައި ކޮންމެ ދުވަހަކު ފޮޅާސާފުކޮށް ޑަސްބިންތަށް އުކާލުން.
- ކޮންމެ ދުވަހަކު ކްލާސްރޫމްތަކުގެ އަދި އޮފީހުގެ މޭޒުތަކާއި ގޮޑިތަކާއި ކަބަޑުތަކާއި ކުޑަދޮރުތައް އަދި ފަންކާތަކަށް ފޮހެ ސާފުކޮށް ބެލެހެއްޓުން.
- ކޮންމެ ދުވަހަކު ސްޓާފުންގެ ފާޚާނާއާއި ދަރިވަރުންގެ ފާޚާނާތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.
- ކޮންމެ ދުވަހަކު ކެމްޕަހުގެ ކްލާސްރޫމްތަކާއި ސެމިނަރ ރޫމް އާއި މީޓިންގ ރޫމް ފޮޅާ ސާފުކޮށް ބެލެހެއްޓުން. (މޮޕްލާން ޖެހޭ ތަންތަނުގައި ކޮންމެ ދުވަހަކު މޮޕުލައި ސާފުކުރުން.)
- އޮފީހުން އިންތިޒާމްކުރާ އެކިއެކި މީޓިންގތަކަށް ސައި ތައްޔާރުކުރުން.
- ކެމްޕަހުން ހިންގާ އެކިއެކި ޙަރަކާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
|
މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.
- ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވައިޓޭ)
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
- އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ
|
ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް
|
- ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މިވާ ލިންކް ބޭނުންކޮށްގެންނެވެ.
- https://forms.gle/fFYAGQyf9ZrQ4PYY8
- އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
|
އިއުލާނުގެ މުއްދަތު ހަމަވާ ތާރީޚް:
|
- 1 ޖުލައި 2021 ވަނަ ދުވަހުގެ 23:59 އަށް
|
އިތުރު މައުލޫމާތު:
|
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، މަގާމަށް އެކަށީގެންނުވާނަމަ، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ހެނދުނު 09:00 އާއި މެންދުރު 14:00 އާއި ދެމެދު 9173107 އަށް ގުޅުއްވުން އެދެމެވެ.
|