ބީލަން
ނަންބަރު: (IUL)403-A/403/2021/147
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 07 ޖުލައި 2021 11:45
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމާއި ގުޅޭ

                            (IUL)403-A/403/2021/147:ނަންބަރު                          

                  

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

  ލ.މާމެންދޫ ބަނދަރު ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  ވީމާ، ބަނދަރު ސެކިއުރިޓީ ބެލެހެއްޓުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 30 ޖޫން 2021 ވާ ބުދަ ދުވަހުގެ 11:45 އަށް މާމެންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ޖުލައި 2021 ވާ ބުދަ ދުވަހުގެ 11:45 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

  މިބީލަމާގުޅޭ ބީލަންފޮތް، 01 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 07 ޖުލައި 2021 ވާ ބުދަ ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.  ބީލަން ފޮތުގެ އަގަކީ -/100 ރުފިޔާއެވެ. މި މަސައްކަތަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ވެފައިވާ ފަރާތްތަކަށެވެ.

       އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާއިރު ރަޖިސްޓްރީގެ ކޮޕީ އަދި ހާޟިރުވާ ފަރާތުގެ އައިޑީކާޑް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

14 ޛުލްޤައިދާ 1442ހ.

 

24 ޖޫން 2021