މަސައްކަތް
ނަންބަރު: HHC/IUL/2021/04
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 05 ޖުލައި 2021 10:15
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ޞިއްޙީ މަރުކަޒުގެ ކަރަންޓް، ތްރީފޭން ކަރަންޓަށް ބަދަލުކުރުން

ހޯނޑެއްދޫ ސިއްހީ މަރުކަޒު

 ގދ. ހޯނޑެއްދޫ، ދިވެހިރާއްޖެ  

 ނަންބަރ:HHC/IUL/2021/04

އިޢުލާން

 މިމަރުކަޒަށް ތްރީފޭސް ކަރަންޓް އެޅުމަށް ބޭނުންވާ  މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އާންމުކުރެވިފައިވާ މަޢުލޫމާތަށް ބައްލަވައި 05 ޖުލައި 2021 ދުވަހުގެ 10:15އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2014/18) ގައިވާ ގޮތުގެ މަތިން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މިމަރުކަޒުގެ ނަންބަރު 6842613 ފޯނަށް ގުޅައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވް އަކުންނަމަ ޕްރޮޕޯސަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ކުންފުނި / ކޯޕަރޭޓިވްގެ ސިޓީއަކާއިއެކު އެ ތަނުގެ ރަޖިސްޓްރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، އަންދާސީހިސާބު ހުށަހެޅުމުގެ ކުރިން ހޯނޑެއްދޫ ޞިއްޙީ މަރުކަޒަށް ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެގިނަ ފަރާތުގެ ނަމުގައި އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ.

ޕޮއިންޓް ދޭނެ މިންގަނޑު

މަސައްކަތްކުރުމަށް ހުށަހަޅާ އަގު: %90 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)

މުއްދަތަށް: %5 ޕޮއިންޓް (އެންމެ ރަނގަޅު ހުށަހެޅުމަކީ ބެންޗްމާކު ކަމުގައި ބަލައިގެން)

މަސައްކަތުގެ ތަޖުރިބާ: %5 ޕޮއިންޓް (އެންމެ ގިނަދުވަހު މިބާވަތުގެ މަސައްކަތް ކޮށްފައިވާ ފަރާތަކީ ބެންޗްމާކް ކަމުގައި ބަލައިގެން)

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖޫން 2021

24 ޖޫން 2021