ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)271-ESMS/271/2021/21
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 12 އޮގަސްޓް 2021 13:00
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

ށ. ކަނޑިތީމުން 3000 އަކަފޫޓްގެ 45 (ސާޅީސް ފަހެއް) ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާތީ، ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފޯމު ނެގުމާއި ބަލައިގަތުން:

ފޯމު ދޫކުރުން:

27 ޖޫން 2021ވާ އާދީއްތަ ދުވަހުން ފެށިގެން މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވެ. އަދި ގޯއްޗަށް އެދޭ ފޯމް ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއިދާރާއިންކޮށްފައިވާ އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެވެ.

ފޯމު ބަލައިގަތުން:

ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2021ވާ ބުދަ ދުވަހުން ފެށިގެން 12 އޯގަސްޓް 2021ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އަށެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ށ. ކަނޑިތީމު ކައުންސިލް އިދާރާއިންނެވެ. ފޯމު ބަލައިގަތުމުގައި މެއިލްއާއި ފެކްސް މެދުވެރިކޮށް ފޮނުވާ ފޯމާއި، ފޯމުގެ ކޮޕީ ބަލައިގަނެވެން ނެތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަންވާނެ ޝަރުތުތައް:

  1. ދިވެހިރައްޔިތެއްކަމުގައިވުން.
  2. ޢުމުރުން 21 އަހަރުވެފައިވާ މީހަކަށްވުން.
  3. ރާއްޖޭގެ އެއްވެސްރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން.
  4. ރާއްޖޭގެ އެއްވެސްރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން ނުވަތަ ލިބިފައިވާ މިފަދަ ބިމެއް ޤަވާއިދާއި އެއްގޮތަށް ދޫކޮށްލައިފައިވާ މީހަކަށްވުން.
  5. ރާއްޖޭގެ އެއްވެސްރަށެއްގައި ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައިނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައިއޮވެ، ވޭތުވެދިޔަ 02 އަހަރު ދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައިނުވުން.
  6. ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 02 އަހަރު ދުވަހުގެތެރޭ މީހަކަށްދީ ނުވަތަ ވިއްކާފައިނުވުން.
  7. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން. ލިބިފައިވާނަމަ އެތަން ކަނޑައެޅިފައިވާ އުޞޫލުން ސަރުކާރަށް ދޫކޮއްލުމަށް އެއްބަސްވުން.
  8. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބި، އެބިމަކީ ވަކި ޢިމާރާތްކޮށްފައި ނުވަތަ ވަކި ޢިމާރާތް ކުރެވޭގޮތަށް ބައިކުރެވިފައިވާ ބިމެއްނަމަ އެތަން ކަނޑައެޅިފައިވާ އުޞޫލުން ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން. (މިގޮތުން ދޫކޮށްލުމަށް އެއްބަސްވާ ފަރާތްތަކަށް ލިބޭ ގޯތި ރަޖިސްޓްރީކޮށްދެވޭނީ ތަރިކައިން ލިބިފައިވާ ގޯތި ނުވަތަ ލިބިފައިވާ ބައި ސަރުކާރަށް ދޫކޮށްލުމަށް ޝަރީޢަތުން ނިންމެވުމަށް ފަހުގައެވެ.)
  9. ގޯއްޗަށް އެދޭމީހާގެ ބައްޕަގެ ނުވަތަ މަންމަގެ ނުވަތަ މިދެމީހުންގެ އެއްމެދު ގޯއްޗެއްއޮވެފައި އެގޯތި 600 އަކަފޫޓަށްވުރެ ބޮޑުނަމަ މިގޯތީގެ ވެރިފަރާތުގެ ހުރީ އެންމެ ދަރިއެއްކަމުގައި ނުވުން.
  10. ގޯއްޗަށްއެދިފައިވާ މީހާގެ ބައްޕަގެ ނުވަތަ މަންމަގެ ނުވަތަ މިދެމީހުންގެ އެއްމެދު ގޯއްޗެއް އޮވެފައި އެގޯތީގެ ބޮޑުމިން 1200 އަކަފޫޓަށްވުރެ ކުޑަނޫންނަމަ އެގޯތީގެވެރިފަރާތުގެ ގޯތިލިބިފައިނުވާ ދުނިޔޭގައި ތިބި ދަރިންގެ ޢަދަދު 2 ކަށްވުރެ އިތުރުވުން.
  11. ގޯއްޗަށް އެދިފައިވާ މީހާގެ އަނބި ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން.

 

ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ގޯއްޗަށް އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ކާޑު ނެތްނަމަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީ.
  • ކައިވެނި ކޮށްގެންހުރި މީހެއްނަމަ ކައިވެނީގެ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ތާރީޚު އެނގޭނެފަދަ ރަސްމީލިޔުމެއް، އެއްކައިވެންޏަށްވުރެ ގިނަކައިވެނި ކޮށްފައިވާ މީހެއްނަމަ އެމަޢުލޫމާތު އެނގޭނެ ލިޔުންތައް. ވަރިކޮށްފައިވާނަމަ ވަރީގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ގޯއްޗަށް އެދޭ މީހާ ވޭތިވެދިޔަ 5 އަހަރު ދިރިއުޅުނު ތަންތަނުގެ ތަފްޞީލު (ރަށުން ބޭރުގައި ދިރިއުޅުނު ނަމަ ރަށުންބޭރުގައި ދިރިއުޅުނު ސަބަބާއި ބޭނުން ބަޔާންކޮށް) ލިޔެފައިވާ ލިޔުމެއް.
  • އުފަން ދަރިންނާއި، ޝަރުޢީގޮތުން އަދި އެނޫންވެސް ގޮތަކުން ބަލަމުންދާ ކުދިންގެ، އުފަންދުވަހުގެ ސެޓްފިކެޓް ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އަދި ނުކުޅުދުންތެރިކަން ހުންނަ ކުއްޖަކު ބަލަމުންދާނަމަ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްކަން އަންގައިދޭ ލިޔުން ހުށަހަޅަން ވާނެއެވެ.
  • ފޯމު ހުށަހަޅާއިރު ވެރިފަރާތަށް ހާޟިރުވެވެން ނެތްނަމަ ބަދަލުގައި ހާޟިރުވާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ކާޑުގެ ނަމްބަރު އެނގޭނެފަދަ ރަސްމީ ލިޔުމަކާއި ގޯއްޗަށް އެދޭ ފަރާތުގެ ބަދަލުގައި ހާޟިރުވި މީހެއްކަން އެނގޭފަދަ ސިޓީއެއް ގެންނަންވާނެވެ. އަދި ބަދަލުގައި ހާޟިރުވާ މީހާ ހުށަހަޅާ ފޯމުގައިވާ މަޢުލޫމާތުތަކަށް އެއްވެސް ބަދަލެއް ގެނެވޭނީ ގޯއްޗަށް އެދޭމީހާގެ ޕަވަރ އޮފް އެޓަރނީ އޮތްނަމައެވެ.

 

ނޯޓް: ގޯއްޗަށް އެދޭ މީހާގެ ބަދަލުގައި ހާޟިރުވާ މީހަކީ ގޯއްޗަށް އެދޭފަރާތުގެ މަޢުލޫމާތު ދެވޭވަރުގެ މީހަކަށް ވާންވާނެވެ.

 

 

ގޯތި ލިބޭ ފަރާތް ކަނޑައެޅުމުގެ މަސައްކަތް ކުރިޔަށް ގެންދާނެގޮތް:

v     ޝަރުތު ފުރިހަމަވާ މީހުން ކަނޑައެޅުން.

v     ޝަރުތު ފުރިހަމަވާ މީހުންނަށް ކަނޑައެޅިފައިވާ މިންގަނޑުން ޕޮއިންޓް ދިނުން.

v     ޕޮއިންޓް ލިބިފައިވާ ޢަދަދަށް ބަލައި ގޯއްޗަށް އެދިފައިވާ މީހުން ތަރުތީބުކުރުން.

v     ގޯތި ދޫކުރުމުގެ ޢަދަދަށް މީހުން ނެގުމަށްޓަކައި، އެންމެގިނަ ޕޮއިންޓް ލިބިފައިވާ މީހުން ނަގަމުންގޮސް ޢަދަދު ހަމަކުރުން.

v     ގޯތި ދޫކުރުމުގެ ޢަދަދު ހަމަކުރުމުގައި އެންމެފަހުން ގޯތިތައް ލިބޭ މީހުން ކަނޑައެޅުމަށް ޕޮއިންޓްގެ ގޮތުން އެއްވަރުވެގެން އެކަކަށްވުރެ ގިނަ މީހުން ވާދަކުރާނަމަ، ގޯތި ލިބޭ މީހުން ކަނޑައަޅާނީ އެމީހުންގެ މެދުގައި ގުރުއަތުލައިގެންނެވެ.

v     ގޯތި ލިބޭ މީހުންގެ ލިސްޓަށް ދެމަފިރިން ހޮވިއްޖެނަމަ، ގޯތި ލިބޭ ފަރާތެއް ނިންމާނީ އެދެމީހުންގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. ގޯތި ލިބޭ މީހުންގެ ތެރޭގައި ދެމަފިރިން ހިމެނުނު ކަމުގައިވިޔަސް ގޯތި ލިބޭނޭނީ ދެމަފިރިންކުރެ ކޮންމެވެސް އެކަކަށެވެ. މިގޮތުން ގޯތި ދޫކޮއްލާ ފަރާތުން އެކަން ބަޔާންކޮށް ލިޔުމަކުން ހުށަހަޅަންވާނެވެ.

 

ނޯޓް: ގޯއްޗަށް އެދިފައިވާ މީހުންގެ ފޯމު ތަކުގައިވާ މަޢުލޫމާތުތައް ޗެކްކޮށް ޝަރުތުތައް ހަމަވާ މީހުންނަށް ޕޮއިންޓްދީ، ގޯތިލިބޭ މީހުން ކަނޑައަޅާނީ އެރަށަކުން ގޯތި ދިނުމުގެ ޢަމަލީ މަސައްކަތް ކުރުމަށް ހޮވާފައިވާ ކޮމެޓީންނެވެ.

 

އިތުރު މަޢުލޫމާތު:

  • ގޯއްޗަށް އެދި ހުށަހަޅާ ފޯމުގައި ޙަޤީޤަތާއި ޚިލާފު އެއްވެސް މަޢުލޫމާތެއް ދީފައިވާނަމަ ފޯމު ބާޠިލްކުރެވޭނެއެވެ. އެފަދަ ސަބަބަކާއިހުރެ ފޯމު ބާޠިލްކުރަންޖެހޭނަމަ ބާޠިލްކުރަންޖެހުނު ސަބަބު ބަޔާންކޮށް ލިޔުމަކުން އެކަން ފޯމު ހުށަހެޅި ފަރާތަށް އެންގޭނެއެވެ.
  • ގޯއްޗަށް އެދޭ މީހުންގެ ފޯމުތަކުގައިވާ މަޢުލޫމާތުތައް ޗެކްކޮށް ޝަރުތު ހަމަވާ މީހުންނަށް ޕޮއިންޓްދީ ޕޮއިންޓް ލިބޭމީހުން ކަނޑައަޅާނީ ކަނޑިތީމުން ގޯތި ދިނުމުގެ ޢަމަލީ މަސައްކަތްކުރުމަށް ހޮވާފައިވާ ގެވަޅު ކޮމެޓީންނެވެ.
  • ފޯމު ހުށަހަޅާ ފަރާތުގެ ރަށްވެހިކަމާއި ޢުމުރު އަދި ކައިވެނީގެ ބައިގެ މުއްދަތު ބަލާނީ ގޯއްޗަށް އެދި އިޢުލާންކުރާ ތާރީޚަށެވެ.
  • ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހާ ނިޔާވެއްޖެނަމަ އެފަރާތުގެ ފޯމު ބާޠިލްކުރެވޭނެވެ.

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6540041 އަށެވެ.

 

 

 

 

މިއިޢުލާނާއި އެކު ޢާއްމު ކުރެވިފައިވާ ލިޔުންތައް

  • ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތައް (ޗާޓް)
  • ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލް
  • ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 ޛުލްޤައިދާ 1442

24 ޖޫން 2021

24 ޖޫން 2021