ޢާންމު މަޢުލޫމާތު
ނަންބަރު: D12C-A/2021/2
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 14:29
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލީސް ކުރިއަށް ގެންދިއުމަށް ނ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓްތަކުން ކަނޑައަޅާފައިވާ ގަޑިތައް އާންމުކުރުން
އިޢުލާން
ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލީސް ކުރިއަށް ގެންދިއުމަށް ނ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓްތަކުން ކަނޑައަޅާފައިވާ ގަޑިތައް އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. މިގަޑިތައް ޖެހުމުގެ 01:30 (އެއްގަޑިއިރާއި ތިރީސްމިނެޓް)ގެ ކުރިން ބަންދާއިމެދު ގޮތެއް ނިންމުމަށް އެދޭފޯމާއި އެހެނިހެން ލިޔުންތައް ކޯޓަށް ހުށަހަޅަންވާނެއެވެ.
ރަސްމީ ދުވަސްތަކުގައި 12:00 އިން 13:30 އަށް
ހުކުރު ދުވަސް ފިޔަވާ ބަންދު ދުވަސްތަކުގައި މެންދުރު 15:00 އިން 16:30 އަށް
ހުކުރު ދުވަހު މެންދުރުފަހު 16:00 އިން 17:30 އަށް
14 ޛުލްޤަޢިދާ 1442
23 ޖޫން 2021