ދިވެހިރާއްޖެ
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ އިޢުލާން ނަންބަރު:IUL)MMPRC-HR/1/2021/21)
ވަޒީފާގެ ފުރުޞަތު
|
|
މަޤާމުގެ ނަން: ކޮންޓެންޓް ރައިޓަރ |
- މުސާރަ (މަހަކު): -/7,080 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް: -/2,360 ރުފިޔާ މަހަކު - ޑެއިލީ އެލަވަންސް: -/2،360 ރުފިޔާ މަހަކު - އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ |
ބޭނުންވާ އަދަދު: 1 |
ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. ޖީ.ސީ.އީ.އޭ ލެވެލް އިމްތިޙާނުން 3 މާއްދާ (އިނގިރޭސި އަދި ދިވެހި ބަސް ހިމެނޭގޮތަށް) ފާސްވެފައިވުން (ނުވަތަ)، ށ. ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުން 3 މާއްދާ (އިނގިރޭސި އަދި ދިވެހި ބަސް ހިމެނޭގޮތަށް) ފާސްވެފައިވުމާއިއެކު މަޤާމާއި ގުޅޭދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: - ރާއްޖެ އިޝްތިހާރުކޮށް މާކެޓްކުރުމުގެ މަސައްކަތަށް މި ކޯޕަރޭޝަނަށް ބޭނުންވާ އެންމެހާ ކޮންޓެންޓްތައް ތައްޔާރުކުރުން. - ޙަވާލުކުރެވޭ ކެމްޕެއިންއަކާ އެންމެ ގުޅޭ އަދި ޓާގެޓް އޯޑިއަންސްގެ ސަމާލުކަން ފަސޭހައިން ހޯދޭނެ ފަދަ ކޮންޓެންޓް ތައްޔާރުކުރުން. - ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި މި ކޯޕަރޭޝަނުން ބޭނުންކުރާ ޕްރޮމޯޝަނަލް މެޓީރިއަލްސްތަކުގެ ކޮންޓެންޓް ތައްޔާރުކުރުން. - ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން މިކޯޕަރޭޝަނުން ކުރިއަށްގެންދާ އެކިއެކި އެޑްވަޓައިޒިންގ ކެމްޕެއިންތަކުގެ ކޮންޓެންޓް ތައްޔާރުކުރުން. - ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން މިކޯޕަރޭޝަނުން މިހާރު ބޭނުންކުރަމުންދާ ކޮންޓެންޓްތައް އިތުރަށް ހަރުދަނާކޮށް މުހިންމު އައު ކޮންޓެންޓްތައް ތައްޔާރުކުރުން. - މިކޯޕަރޭޝަނުން ކުރިއަށްގެންދާ އަދި ބައިވެރިވާ އެކި އިވެންޓްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ކޮންޓެންޓް އެކަމަށް ކަނޑައެޅޭ ވަގުތާއި މުއްދަތުގެ ތެރޭގައި ތައްޔާރުކޮށް، ހިއްސާކުރަންޖެހޭ ފަރާތްތަކާއި ހިއްސާކުރުން. - މާކެޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ ކޮންޓެންޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެންމެ ފަހުގެ ޓްރެންޑްސް އަދި ޓެކްނިކްސްއަށް ރިޢާޔަތްކޮށް ކޮންޓެންޓް ތައްޔާރުކުރުން. - ނިއުސްލެޓާއަށް ބޭނުންވާ ކޮންޓެންޓް ސުޕަވައިޒަރުގެ ލަފާގެ މަތިން ތައްޔާރުކޮށް ފޮނުވުން. - ތައްޔާރުކުރާ ކޮންޓެންޓްތަކަކީ ރާއްޖޭގެ ބްރޭންޑް އިމޭޖް ނުގެއްލި ބަހުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށް ތައްޔާރުކުރެވޭ ކޮންޓެންޓް ކަމުގައި ވުމާއި ކޮންޓެންޓްތަކުން ވީހާވެސް ބޮޑަށް މަންޒަރު އަދި ދޭން ބޭނުންވާ މެސެޖް ރަނގަޅަށް ސިފަކޮށްދިނުން. - މި ކޯޕަރޭޝަނުން އެކިކަންކަމާއި ގުޅިގެން ތައްޔާރުކުރާ ކޮންޓެންޓްތަކުގެ ރިކޯޑް ރައްކާތެރިކަމާއެކު ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުން. - ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިތަކުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. |
|
ފޯމު ހުށައަޅަންވީ ތާރީޚް: 30 ޖޫން 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން[email protected] އަށް އީމެއިލް ކުރުން. |
|
:ހުށައަޅަންޖެހޭ ލިޔުންތައް - ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރ، ގުޅޭނެ ނަންބަރު އެނގޭނެގޮތަށް. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން. - ހާސިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ). - ޕޯޓްފޯލިއޯ / ކުރިން ކުރެވިފައިވާ މަސައްކަތް. - ޕޮލިސް ރިޕޯޓް (3 މަސް ހަމަނުވާ) - ނޯޓް (ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިއުންތައް އީމެއިލްކުރާނީ އެއް އީމެއިލްއެއްގައި، ހުރިހާ ޑޮކިއުމެންޓެއް ޕީ.ޑީ.އެފް ފޯމެޓުގައި އެއް ފައިލެއްގެ ގޮތުގައެވެ.) |
|
:އިތުރު މަޢްލޫމާތު
އެޑްރެސް ކުރައްވާނީ: ތޮއްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |
|
|