މަސައްކަތް
ނަންބަރު: E9C-A/2021/05
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 04 ޖުލައި 2021 14:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުގެ މައިދޮރުތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

މިކޯޓުގެ މައިދޮރުތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން:

 

   އަމިއްލަ ތަކެތީގައި މިކޯޓުގެ މައިދޮރުތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ތިރީގައި އެވަނީ މަރާމާތުކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލެވެ.

1- ކޯޓު ޢިމާރާތުގެ ހުޅަނގުފަރާތުގައި މިހާރު ހަރުކޮށްފައިވާ މައިދޮރު ނަގައި އަލުން އައު ދޮރެއް ހަދައި، ދޮރުގެ ދާރައިން ހަލާކުވެފައިވާތަންތަން ސިމެންތި ޖަހައި އެއްވަރުކޮށް އޮފްކުރުމަށްފަހު، ޕުޓީ އަޅަންވާނެއެވެ. އަދި ވޯލް ސީލް ލުމަށް ފަހު ރަނގަޅު ފެންވަރުގެ ހުދުކުލަ ލާންވާނެއެވެ.

2- ކޯޓު ޢިމާރާތުގެ މައިދެދޮރުފަތުގެ އެތެރެއާއި ބޭރުގައި ބޯޑަރުއަޅަންވާނެއެވެ.

3- ދޮރުޖަހަންވާނީ ރެޑްމެރެންޓީ ހަރުލަކުޑިން ނުވަތަ ހާރޑްވުޑް އަތްވަށް ފަޅައިގެންނުދާ ލަކުޑިންނެވެ.

4- ބޮޑު ދޮރުގެ ދޮރުފަތް ހުންނަންވާނީ އެންމެ މޮޅު ހަރު ލަކުޑިންނެވެ. (ސޮލިޑް ޕޮލިސްކުރި މޮޅު ދޮރުފަތް)

5- ބޮޑުދޮރާއި ބޯޑަރުފަތިތައް ހަރުކުރުމުގެ ކުރިން ފަނިފަކްސާއިން ސަލާމަތްކުރުމަށްޓަކައި ސޮލިގުނަމް ކޯޓިންގް ރަނގަޅަށް ލާންވާނެއެވެ.

6- ފާރުގައި ދޮރު ހަރުކުރާއިރު، ދޮރުގެ ކޮންމެ ކަންޏެއްގެ މަދުވެގެން ތިންތަނުން ފާރަށް މުކޮޅުޖަހައި ބޯލްޓު އަޅަންވާނެއެވެ.

7- ކޯޓުގެ މައި ދެދޮރުގައާއި، ބޯޑަރުތަކުގައި ކޯޓުން ކަނޑައަޅާ ކުލައެއްގެ ދަވާދު ލާންވާނެއެވެ. (މަދުވެގެން 2 ކޯޓު ދަވާދުލުން)

8- ހުޅަނގު ފަރާތު ދޮރުގެ ބޭރު ފަރާތުގައި އޮޅިޓިނުން ހަދާފައިވާ ކުޑަ ފުރާޅުކޮޅެއް ( 4 ފޫޓް ދިގު، 2 ފޫޓް ފުޅައު، 2 ފޫޓް އުސް ) ލާންވާނެއެވެ.  އަދި  ހަރުކުރެވިފައި ހުންނަންވާނީ ފާރަށް މުކޮޅުޖަހައި، 1 އިންޗި އެސް.އެސް އިސްކޫރުޖަހައި، ފާރާއި ފުރާޅުކޮޅާއި ދޭތެރެއަށް ރަނގަޅު ފެންވަރުގެ ސެލްކޯން އަޅައި ފެންލީކުނުވާނެހެން ބައްދާފައެވެ. ފުރާޅުކޮޅު ހަދަންވާނީ ކޯޓުން ދޭކުރެހުމާއި އެއްގޮތަށެވެ.

9- ހުޅަނގުފަރާތުގެ ދޮރުގެ މަތިން ވޯޓަރ ޕުރޫފް ކަވަރުލައިޓެއް ހަރުކުރުންވާނެއެވެ. ކަރަންޓް ނަގަންޖެހޭނީ އިމާރާތުގެ ދެކުނުފަރާތުގެ އަސްކަނީ ލައިޓުތަކާއި ގުޅުވައިގެންނެވެ. އަދި އިމާރާތުގެ ދެކުނުފަރާތުގެ އަސްކަނީގައި ހަލާކުވެފައިވާ ލައިޓު މަރާމާތުކުރަންވާނެވެ.

10- ކޯޓުގެ މައި ދެދޮރުގައި ރަނގަޅު ފެންވަރުގެ މޮޅު ތަޅު (ލޮއިން ނުވަތަ މޮޅު ސްޓޭންލެސްޓިލް ތަޅު) ހަރުކުރަންވާނެއެވެ. ތަޅު ހަރުކުރާނީ ދަބަރުނުޖަހާ ( ސްޓެއިންލެސް ) އިސްކޫރު ޖަހައިގެންނެވެ.

11- މިތަފްޞީލުގައި ހިމެނޭ އެންމެހައި މަސައްކަތްތައް ކުރާއިރު ކޯޓުގެ މަޝްވަރާ ހޯދަންވާނެއެވެ.

     ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 ޖުލައި 2021 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން 6580428 / 7369195 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު (04 ޖުލައި 2021) ގެ މެންދުރު 14:00 ގެ ކުރިން މިކޯޓަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. ލިޔުންތައް މެއިލް ކުރަން ބޭނުންވާ ފަރާތްތަކުން މިކޯޓުގެ މެއިލް އެޑްރެސް [email protected]   އަށް ފޮނުވައިދެއްވުން އެދެމެވެ.

  އިތުރު މަޢުލޫމާތު

  1. މަރާމާތުކުރަމުންދާއިރު އިތުރު މައްސަލައެއް ފާހަގަ ވާނަމަ އެ ކަމެއް ހައްލު ކުރަންވާނީ އެމަސައްކަތް ކުރުމަށް ހުއްދަ ލިބިގެންނެއެވެ.
  2. ކޯޓޭޝަނުގައި މަސައްކަތް ކުރެވޭނެ އަގާއި މަސައްކަތުގެ މުއްދަތު ބަޔާންކޮށްފައި އޮންނަށް ވާނެއެވެ.
  3. މިކަމަށް ކުރިމަތިލަނީ ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތަކުން ނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ / އައިޑީކާޑު ހުށަހަޅަންވާނެއެވެ.
  4. މަސައްކަތް ހަވާލުކުރެވޭނީ މިމަސައްކަތް ކުރުމަށް އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

13 ޛުލްޤާޢިދު 1442

23 ޖޫން 2021

 

23 ޖޫން 2021