ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: IUL)471-CDS3/1/2021/103
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 29 ޖޫން 2021 11:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް 06 މަސްދުވަހަށްބޭނުންވާ ސްޓޮކްއައިޓަމްސް ސަޕްލައިކޮށްދޭނެ ފަރާތެއްހޯދުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް 06 މަސްދުވަހަށްބޭނުންވާ ސްޓޮކްއައިޓަމްސް ސަޕްލައިކޮށްދޭނެ ފަރާތެއްހޯދުމަށް ކުރެވުނު (IUL)471-CDS3/1/2021/101  (19 ޖޫން 2021) އިޢުލާނުގެ ބިޑް ހުށަހަހެޅުމަށް ހަމަޖެހިފައިވާ މުއްދަތު، ކޮވިޑް-19 އާއި ގުޅިގެން އެޗް.ޕީ.އޭ އިން 26 މެއި 2021އިން ފެށިގެން ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވުމާއެކުވަނީ އިތުރުކުރެވިފައެވެ.
  2. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 29 ޖޫން 2021 ވާ އަންގާރަދުވަހުގެ ހެނދުނު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ.

23 ޖޫން 2021