މަސައްކަތް
ނަންބަރު: (IUL)296-A/296/2021/32
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 15:47
ސުންގަޑި: 11 ޖުލައި 2021 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަރަންޓް ނެޓްވާރކް ބަދަލު ކުރުމުގެ މަސައްކަތާއި ބައެއް މަރާމާތު ކުރުމަށް

މިއިދާރާގައި ބޭނުން ކުރަމުންދާ ކަރަންޓް ނެޓްވާރކް 03ފޭސް ކަރަންޓަށް ބަދަލްކޮށް އަދި ބައެއް މަރާމާތާއި ކުލަ ދަވާދު ލުމުގެ މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދުމަށް މިއިދާރާގެ ނަންބަރ (IUL)296/296/2021/21އިއުލާނަށް އެއްވެސް ފަރާތަކުން އަގު ހުށައަޅުއްވާފައި ނުވާތީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.   މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 28 ޖޫން 2021 ހޯމަ ދުވަހުގެ 13.00ގެ ކުރިން މިއިދާރާއަށް ދުރުވެ ނުވަތަ ފޯނުން ގުޅުއްވާ (ފޯން ނަންބަރ: 6560016)  ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މަސައްކަތާ ބެހޭ ގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2021 ޖޫން 30ވާ ބުދަ ދުވަހުގެ 14.00ގެ ކުރިން ކައުންސިލް އިދާރާއަށް  ލިޔުމުން ފޮނުއްވުން އެދެމެވެ.

ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމުއް 2021 ޖުލައި 01ވާ ބުރާސްފަތި ދުވަހުގެ 13.00ގައި ކައުންސިލް އިދާރާގައި އޮންނާނެއެވެ.

             އަންދާސީ ހިސާބު ހުށައަޅުއްވާނީ 2021 ޖުލައި  11ވާ އާދީއްތަ ދުވަހުގެ 13.00ގެ ކުރިން ފޮއްދޫ ކައުންސިލް އިދާރާއަށެވެ. އަންދާސީ ހިސާބު ކެނޑުން އޮންނާނީ 2021 ޖުލައި 11ވާ އާދީއްތަ ދުވަހުގެ 13.00ގައި މިއިދާރާގައެވެ.  މިމަސައްކަތް ކޮށްދިނުމަށް މިއިދާރާގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަ ޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ( ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

22 ޖޫން 2021