ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)296/296/2017/55
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 23 ސެޕްޓެންބަރު 2021 14:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާއި، ނަރުދަމާގެ ޚިދުމަތަށް އެދި ފޯމް ހުށައެޅުމުގެ ފުރުޞަތު

މިރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަށް އެދި އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 2021 ސެޕްޓެމްބަރ 23ވަނަ ދުވަހުގެ މެންދުރު 2.00ގެ ނިޔަލަށް ހުޅުވާލައިފީމެވެ.

 އެޕްލިކޭޝަން ފޯމާއެކު ތިރީގައިވާ މިދަންނަވާ ތަކެތި ހުށައަޅަން ވާނެއެވެ.

1. ޢިމާރާތުގެ ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

2. ޢިމާރާތުގެ ވެރިފަރާތް ނިޔާވެފައި ވާނަމަޝަރުޢީ ގޮތުން ކަނޑައެޅިފައިވާ ވާރުތަވެރިޔާ ނުވަތަ ވާރުތަވެރީންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3. އިމާރާތުގެ ރަޖިސްޓްރީ ކޮޕީ

4. އެއްވެސް ސަބަބަކާ ހުރެ ގެ ނުވަތަ ގޯތި ބެހުމުގެ މައްސަލަ ޝަރުޢީ ކޯޓަކަށް ހުށައަޅުއްވާފައިވާނަމަ،  އެކަން ސާބިތު ކޮށްދޭ ޝަރުޢީ ކޯޓުގެ ލިޔުން.

5.ރަޖިސްޓްރީ ކޮށްފައިވާ ޢާއްމު ޚިދުމަތް ދޭ ހޮޓާ ކެފޭ ރެސްޓޯރެންޓް ، ވިޔަފާރި، ސިނާޢީ މަސައްކަތް ކުރާ ތަނެއް ނަމަ އެތަނެއްގެ ރަޖިސްޓްރީ ކޮޕީ

6. ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ކޮޕީ

      ވީމާ ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖޫން 2021