ދިވެހިރާއްޖެ
29 މޭ 2014 ގައި ބޭއްވުނު މިބޭންކުގެ 31 ވަނަ އަހަރީ އާންމު ޖަލްސާގައި 2013 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމުލަ 80.7 މިލިއަން ރުފިޔާ ހިއްސާދާރުންނަން ބެހުމަށް ވަނީ ފާސްކުރައްވާފައެވެ. މީގެ ތެރެއިން ހިއްސާއަކަށް 9.29 ގެ މަގުން ޖުމުލަ 50 މިލިއަން ރުފިޔާ ވާނީ 2013 ވަނަ އަހަރުގެ ނޮވެންބަރުމަހުު ހިއްސާދާރުންނަށް ބަހައިފައެވެ.
މި ހިއްސާގެ ފައިދާ ދިނުމަށް ހަމަޖެހިފައިވަނީ 20 މޭ 2014 އާ ހަމައަށް ބީއެމްއެލްގެ ހިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނިފައިވާ ހިއްސާދާރުންނަށެވެ. ހިއްސާގެ ފައިދާ ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ ހިއްސާދާރުގެ އެކައުންޓަށް ޖަމާކުރެއްވުމަށް އެދިވަޑައިގެންފައިވާ ފަރާތްތަކުގެ އެކައުންޓަށް ފައިދާ މިއަދު ޖަމާކުރެވޭނެއެވެ. އަދި މިގޮތަށް އެދިވަޑައިގެންފައިނުވާ ހިއްސާދާރުންގެ ހިއްސާގެ ފައިދާ އެކައުންޓަށް ޖަމާކުރެއްވުމަށް ހިއްސާދާރުންގެ މައުލޫމާތު ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ބީއެމްއެލްގެ މައި އޮފީހުގެ 6 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ނުވަތަަ ބޭންކް އޮފް މޯލްޑިވްސްގެ ބުރާންޗަކަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމު ބީއެމްއެލްގެ ވެބުސައިޓު www.bankofmaldives.com.mv އާއި ބުރާންޗުތަކުން ލިބިވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން ހިއްސާގެ ފައިދާއަށްވާ ފައިސާ ނެންގެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 14:00 އާ ދެމެދު ބީއެމްއެލްގެ މައި އޮފީހުގެ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ވަޑައިގެންދެއްވުން އެދެމެވެ. ހިއްސާގެ ފައިދާ ނެންގެވުމަށް ވަޑައިގަންނަވާއިރު ހިއްސާދާރުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ހިއްސާދާރުގެ ސިޓީއަކާއެކު ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ހިއްސާދާރުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ.
ބޭންކުގެ ހިއްސާއާބެހޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިބޭންކުގެ ނަންބަރު 3330192 ނުވަތަ 3330195 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.
3 ޝަޢުބާން 1435