ދިވެހިރާއްޖެ
އިޢުލާން
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބޭނުންކުރެވެމުންދިޔަ މިޓްޝުބިށީ ވޭން ސިޓީލާ ނީލަމުގައި ވިއްކާލުން
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބޭނުންކުރަމުންދިޔަ ވޭން (ރަޖިސްޓްރީ ނަމްބަރ:BIA6918) ، މޮޑެލް ނަމްބަރ :FR2.03H5A) ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެއެވެ.
- 1. ވޭންގެ ނީލަން ފެށޭ އަގަކީ 10،000ރ (ދިހަ ހާސް ރުފިޔާ) އެވެ.
- 2. މި ނީލަމުގައި އެންމެ ކުޑަކޮށް އިތުރުކުރެވޭނެ އަދަދަކީ ފަހަރަކު 3،000ރ (ތިންހާސް ރުފިޔާ) އެވެ.
ވީމާ، މި އުޅަނދު ގަންނަން ބޭނުންވާ ފަރާތްތަކުން "ސިޓީން އަގުހުށަހަޅާ ފޯމް" ފުރިހަމަ ކުރައްވާ މި ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ހުށަހެޅުއްވުމަށް އެދެމެވެ. މިނީލަމުގައި ބައިވެރިވުމަށް "ސިޓީން އަގުހުށަހަޅާ ފޯމް" ހުށަހަޅުއްވާނީ 2021 ޖޫން 23 ވަނަދުވަހުގެ 08:00 ން ފެށިގެން ރަސްމީ ގަޑީގައެވެ. މިނީލަމުގައި 48 ގަޑިއިރުވަންދެން އެއް އަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. އަދި އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާނަމަ ރަސްމީ 02 ދުވަސް ފަހުން ނީލަން ބާތިލު ކުރެވޭނެ އެވެ. މިފޯމު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމަށް އެދި ހުށަހަޅާ އެންމެ މަތީ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 14:00 ގައި މިއޮފީހުގެ ނޯޓިސްބޯޑާއި އަދި މިހޮސްޕިޓަލްގެ ވެބްސައިޓުން އާންމު ކުރެވޭނެއެވެ. "ސިޓީން އަގުހުށަހަޅާ ފޯމް" މި ހޮސްޕިޓަލުގެ އިދާރީ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެ އެވެ. އަދި މި ހޮސްޕިޓަލުގެ ވެބްސައިޓް www.krh.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
ނީލަން ނިމުމުން ނީލަންނިމޭތާ ލަސްވެގެން 10 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމަންވާނެއެވެ. އުޅަނދު ދޫކުރެވޭނީ ފައިސާ ދައްކާ ނިމުމުންނެވެ. ފައިސާ ދައްކަވާނީ މި ހޮސްޕިޓަލުގެ އޯ ޕީ ޑީ ކައުންޓަރަށެވެ.
ވޭން ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ބަންދުނޫން ދުވަސް ދުވަހުގެ ހެނދުނު 09:00 އާއި 14:00 އާ ދެމެދު ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގަތުމުން ވޭންތައް ބައްލަވާލެއްވުމުގެ އިންތިޒާމު ހަމަޖެހިފައިވާނޭ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރައިގެ ނަންބަރު 6528180/6520013 އާއިއެވެ.