ދެންނެވުން
ނަންބަރު: MTCC-CS/IU/2021/0324
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 30 ޖޫން 2021 16:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ދޫކުރުން

20 ޖޫން 2021 ވީ އާދިއްތަ ދުވަހު ބޭއްވި މިކުންފުނީގެ އަހަރީ ޢާންމު ޖަލްސާގައި 2020 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާގެ ގޮތުގައި ޙިއްޞާއަކަށް -/3 ރުފިޔާގެ މަގުން ޖުމްލަ 24,113,247 (ސައުވީސް މިލިއަން އެއްލައްކަ ތޭރަހާސް ދުއިސައްތަ ސާޅީސް ހަތެއް) ދިވެހިރުފިޔާ ބަހަން ނިންމާފައިވާކަން ކުންފުނީގެ އެންމެހައި ޙިއްޞާދާރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

މިގޮތުން ޙިއްޞާގެ ފައިދާ ނެންގެވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން، ބޭންކް އެކައުންޓް މިކުންފުނީގައި ރަޖިސްޓްރީ ކޮށްފައިވާނުވާ އަދި އެކައުންޓް ބަދަލުވެފައިވާ ޙިއްޞާދާރުން، މިކުންފުނީގެ "ބޭންކް އަކައުންޓަށް ޙިއްސާގެ ފައިދާ ޖަމާކުރުމަށް އެދޭ ފޯމު" (https://mtcc.mv/issuing-dividend/)  ފުރިހަމަކުރުމަށްފަހު، މިކުންފުނީގެ އީމެއިލް ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުމުން އެފަރާތްތަކުގެ ޙިއްޞާގެ ފައިދާ ބޭންކް އެކައުންޓަށް ޖަމާކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި ކުންފުނީގެ ނަންބަރު 3001107 / 3001113 އަށް ގުޅުއްވުން އެދެމެވެ.

22 ޖޫން 2021