ދިވެހިރާއްޖެ
ސުރުޙީގައި ދަންނަވާފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު:- (IUL)167-PR/167/2021/17 އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ތިރީގައި ދެންނެވިފައިވާ ފަރާތާއި ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މި ސަރވިސްގެ ބިޑް ކޮމެޓީގެ 10 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،
- ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
- މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.
މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.
1. ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-
ކުންފުނީގެ ނަން:- |
ވެލް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް |
ހުށަހަޅާފައިވާ އަގު:- |
229,707.30 ރ |
ހުށަހަޅާފައިވާ މުއްދަތު:- |
04 ދުވަސް |
2. ބީލަން ހުށަހަޅާފައިވާ އެހެނިހެން ފަރާތްތައް:-
ކުންފުނީގެ ނަން:- |
ޓޫ.އޭ ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް |
ހުށަހަޅާފައިވާ އަގު:- |
359,061.27 ރ |
ހުށަހަޅާފައިވާ މުއްދަތު:- |
15 ދުވަސް |
ބީލަން ކާމިޔާބު ނުވި ސަބަބު:- |
މި މަސައްކަތް ހަވާލު ކުރަން ނިންމާފައިވަނީ އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަންގައި އެންމެ ކުޑަ އަގު ހުށަހަޅައިގެން އެއްވަނަ އަށް ގޮސްފައިވާ ފަރާތަށެވެ. |
ކުންފުނީގެ ނަން:- |
އޭ.އާރ ބިޒްނަސް މޯލްޑިވްސް |
ހުށަހަޅާފައިވާ އަގު:- |
464,564.08 ރ |
ހުށަހަޅާފައިވާ މުއްދަތު:- |
03 ދުވަސް |
ބީލަން ކާމިޔާބު ނުވި ސަބަބު:- |
މި މަސައްކަތް ހަވާލު ކުރަން ނިންމާފައިވަނީ އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަންގައި އެންމެ ކުޑަ އަގު ހުށަހަޅައިގެން އެއްވަނަ އަށް ގޮސްފައިވާ ފަރާތަށެވެ. |
ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާއެއް ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 2021 ޖޫން 27 ވަނަ ދުވަހެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، މި ސަރވިސްއަށް އެޑްރެސް ކުރުމަށްފަހު ހުށަހަޅަންވާނެއެވެ.
އީ.މެއިލް :-[email protected]
ސެކްޝަން :-Procurement section
ފޯން ނަންބަރު :- 3026124 , 3026133