ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-A/1/2021/15
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 15:11
ސުންގަޑި: 21 ސެޕްޓެންބަރު 2021 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
31 ޑިސެމްބަރ 2020 ގެ ނިޔަލަށް "L10" ހުއްދަ ދޫކޮށްފައިވާ ހަތަރު ފޮރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމާބެހޭ.

އިޢުލާން

31 ޑިސެމްބަރ 2020 ގެ ނިޔަލަށް "L10" ހުއްދަ ދޫކޮށްފައިވާ ހަތަރު ފޮރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމާބެހޭ.

31 ޑިސެމްބަރ 2020 ގެ ނިޔަލަށް މިއޮތޯރިޓީގެ ފަރާތުން އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް "L10" ހުއްދަ ދޫކޮށްފައިވާ އުޅަނދުތައް 22 ޖޫން 2021 ވަނަދުވަހުން ފެށިގެން 21 ސެޕްޓެމްބަރ 2021 ގެނިޔަލަށް ރަޖިސްޓްރީ ކޮށްދިނުމަށް ނިންމާފައިވާތީ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. އަދި މިއުޅަނދުތައް ރަޖިސްޓްރީ ކުރުމަށްޓަކައި، މިއޮތޯރިޓީގެ އީ-ޕޯޓަލް 22 ޖޫން 2021 އިން ފެށިގެން ހުޅުވާލުމުން ލަސްނުކޮށް ރަޖިސްޓްރޭޝަންގެ ކަންތައް ނިންމެވުމަށް ދެންނެވީމެވެ.

ނަމަވެސް، ކޮވިޑް-19 ގެ ޕެންޑަމިކްގެ ޙާލަތާއިގުޅިގެން ރަޖިސްޓްރީގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ، މާލެ' ފިޔަވައި، ހުޅުމާލެ އާއި ރާއްޖޭގެ އަތޮޅުތަކަށް ރަޖިސްޓްރީ ކުރުމަށް ކަމުގައި ދެންނެވީމެވެ. އަދި މާލެ' އަށް ރަޖިސްޓްރީ ކުރާގޮތަށް L10 ދޫކޮށްފައިވާ ފަރާތްތަކަށް ފުރަބަންދުގެ ޙާލަތަތަށް ލުއިލިބުމުން، ފުރުޞަތު ހުޅުވާލާނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

21 ޖޫން 2021