މަސައްކަތް
ނަންބަރު: 171-I2(b)/IUL/2021/259
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި:
24 ޖޫން 2021 14:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިސްކަންދަރުކޮށި1 ގެ ބަދިގެ މަރާމާތު ކުރުން
.ބީލަން ހުށަހެޅުމުގެ ދަޢުވަތު.
ޕްރޮޖެކްޓް ނަންބަރު |
PC-171/2021/W-L116 |
- އިސްކަންދަރުކޮށި-1 ގެ ބަދިގެ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންެވެއެވެ. ވީމާ، މި މަސައްކަތަށްް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.
- ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2021 ޖޫން 24 ވަނަ ދުވަހުގެ 14:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން އޮންނާނީ 2021 ޖޫން 27 ވާ އާދީއްތަ ދުވަހުގެ 13:00 ގައި އިސްކަންދަރުކޮށި -1 ކަމަށް ދަންނަވަމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2021 ޖުލައި 4 ވާ އާދީއްތަ. ދުވަހުގެ 11:00 ގައި އަމީނީމަގު، އިސްކަންދަރު ކޮށި 1 ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2021 ޖޫން 27 ވާ އާދީއެްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
- މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މައުލޫމާތު ކަރުދާސްތައް ބިޑް ރެޖިސްޓްރޭޝަން ސްލިޕާއި އެކު މެެއިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޕްރޮކިއުމަންޓް ޔުނިޓް
- ދިވެހި ފުލުހުންގެ ޚިދުމަތް
- އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
- ފޯން: 9790052
- އީ-މެއިލް: [email protected]
- ކޮޕީ: [email protected]
21 ޖޫން 2021
21 ޖޫން 2021