ބީލަން
ނަންބަރު: (IUL)341-ADMN/341/2021/30
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 22:01
ސުންގަޑި: 28 ޖޫން 2021 11:00
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮށުފިލާ ޕްރީސްކޫލް ހިންގުން އައުޓްސޯސް ކުރުމާއި ގުޅޭ

އއ. އުކުޅަހު ޕްރީސްކޫލް (ވޮށުފިލާ ޕްރީސްކޫލް) ގެ ހިންގުން އައުޓްސޯސް ކުރުމަށް ބޭނުންވެއްޖެއެވެ.

              ވީމާމިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ޖޫން 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ބައިތަކަށް އަލިއަޅުވާލުމަށް ސަމާލުކަން ދެއްވުން އެދެމެވެ. މި ދެންނެވި މަޢުލޫމާތު ކަރުދާސް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް  ފޯރުކޮށްދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އާއި 12:00 އާއި ދެމެދު މި އިދާރާގައި ކުރިއަށް ދާނެއެވެ. ބީލަމުގައި ރަޖިސްޓްރީކުރެއްވުމަށް މިއިދާރާއަށް ވަޑައިނުގަނެވޭ ފަރާތްތަކުން އިސްވެދެނެވުނު ގަޑީގައި މި އިދާރާގެ ރަސްމީ ނަންބަރަށް (6660536) ގުޅުއްވުމުން ނުވަތަ މިއިދާރާއަށް އީމެއިލް  ([email protected])  ކުރެއްވެވުމުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ވާހަކަ ދެނެވީމެވެ.

މި މަސައްކަތަށް ހުށަހަޅުއްވާ ޕްރޮޕޯސަލް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ޕްރޮޕޯސަލް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު  ފޮނުވިދާނެއެވެ.

 ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

20 ޖޫން 2021