މަސައްކަތް
ނަންބަރު: (IUL)220-AS/1/2021/43
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 08 ޖުލައި 2021 11:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީގެ ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން ޑިޒައިންކޮށް ޑިވެލޮޕްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

މި އޮތޯރިޓީން ދޭ މަޢުލޫމާތާއި ސްޕެސިފިކޭޝަނާ އެއްގޮތަށް މި އޮތޯރިޓީގެ ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން ޑިޒައިންކޮށް ޑިވެލޮޕްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

އަންދާސީހިސާބު ހުށަހެޅުން

08 ޖުލައި 2021

ބުރާސްފަތި

11:00

 

 

 

އަންދާސީހިސާބު ތައްޔާރުކުރައްވަން ވާނީ މި އިޢުލާނާއެކު ހިމަނައިފައިވާ ޓާމްސް އޮފް ރެފަރެންސްއަށް ސަމާލުކަން ދެއްވައިގެންނެވެ. ޓާމްސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 ޓެލެފޯން ނަންބަރު : 3339513 ، 3020478 އަށް ގުޅުއްވުން އެދެމެވެ.

 

 

20 ޖޫން 2021