ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2021/20
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 30 ޖޫން 2021 00:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާރަށުގައި ހުރި މަގުބައްތިތައް މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުން

 

      ބާރަށު ގައި މިހާރު ޖަހާފައިވާ މަގުބައްތިތައް ކޮންޓްރެކްޓް އުސޫލުން އެއްއަހަރުދުވަހަށް މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

                  މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 24 ޖޫން 2021 ވާ ބުރާސްފަތި ދުވަހު 11.00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށް ފަހު 30 ޖޫން 2021 ވާ ބުދަ ދުވަހު 11.00 އަށް މަސައްކަތްތައް ކުރެވޭނެ އަގު ބަޔާންކޮށް އަންދާސީ ހިސާބު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

                  މަޢުލޫމާތު ސާފުކުރެއްވުމަށާއި، އެސްޓިމޭޓް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.

 

                 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

                 10 ޛުލްޤަޢިދާ 1442

                 20  ޖޫން  2021 

 

20 ޖޫން 2021