ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-B6/1/2021/ 78
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 16:48
ސުންގަޑި: 12 ޖޫން 2021 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓްގައި މަސްވިއްކާ ފަރާތް ތަކަށް އައިސް ވިއްކުމުގެ ޚިދުމަތް ދިނުމާ ގުޅޭ.

މާލޭ މަސްމާރުކޭޓުގައި މަސް ވިއްކާ ފަރާތްތަކަށް އައިސް ވިއްކުމުގެ ޚިދުމަތް ފޮރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ. މިގޮތުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުން މިދަންނަވާ ކަންކަން ޕްރޮޕޯސަލްގައި ހިމެނުއްވުމަށް ދަންނަވަމެވެ.

  1. މަސްމާރުކޭޓް ތެރެއިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  2. މަސްވެރިންނަށް އައިސް ގަންނަން ލިބޭނެ އެންމެ ކުޑަ އަގު ކަނޑަ އެޅިފައި އޮތުން.
  3.  މެދުނުކެނޑި ކޮންމެ ދުވަހަކުވެސް މަސްވެރިންނަށް އައިސް ގަންނަން ލިބޭނެ އިންތިޒާމް އެއް ހަމަޖެހިފައި އޮތުން.                

            ވީމާ،އެކަމަށް އެދިލައްވާ ފަރާތްތަކުން މަތީގައި އެވާ ކަންކަމުގެ މައްޗަށް ރިޔާއަތްކޮށް އައިސްވިއްކުމުގެ އިންތިޒާމް ރާވާހިންގާނެ ގޮތުގެ ތަފުސީލްހިމެނޭ ޕްރޮޕޯސަލެއް 21 ޖޫން 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން މާލެސިޓީކައުންސިލްގެ ޢާންމުޚިދުމަތްތަކާއި ބެހޭބަޔަށް ހުށަހެޅުއްވުމަށް އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

17 ޖޫން 2021