ވަޒީފާގެ ފުރުޞަތު
ނަންބަރު: TENDER/HMH/2021/013-R1
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 22 ޖޫން 2021 11:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގް ގެ 2، 3 އަދި 5 ވަނަފަންގި ފިލާގެ ބޭރު ފާރުގައިވާ އެލުމިނިއަމް ދޮރުތައް ހަދައި ހަރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގް ގެ 2، 3 އަދި 5 ވަނަފަންގި ފިލާގެ  ބޭރު ފާރުގައިވާ އެލުމިނިއަމް ދޮރުތައް ހަދައި ހަރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

 ނަންބަރު: TENDER/HMH/2021/013-R1

ހުޅުމާލެ ހޮސްޕިޓަލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގް ގެ 2، 3 އަދި 5 ވަނަފަންގި ފިލާގެ  ބޭރު ފާރުގައިވާ އެލުމިނިއަމް ދޮރުތައް ހަދައި ހަރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަމަށް ކުރި އިޢުލާން ނަންބަރު TENDER/HMH/2021/013 އަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަށް ރިކުއަޔަމަންޓާ އެއްގޮތަށް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން މިމަސައްކަތައް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

މައުލޫމާތު ދިނުން ރެޖިސްޓްރޭޝަން:

ބިޑުގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން 22 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 11:00ގައި ހޮސްޕިޓަލުގެ މީޓިންގް ރޫމުގައި އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

29 ޖޫން 2021 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 28 ޖޫން 2021 ވާ ހޯމަ ދުވަހުގެ 12:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350111 / 3350113

އީ-މެއިލް: [email protected]

17 ޖޫން 2021

17 ޖޫން 2021