ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2021/86
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 24 ޖޫން 2021 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރިސާރޗް ކޮންސަލްޓަންޓް

މަޤާމް :ރިސާރޗް ކޮންސަލްޓަންޓް
ބޭނުންވާ އަދަދު :1

މަޤާމު:

ރިސާރޗް ކޮންސަލްޓަންޓް

ބޭނުންވާ އަދަދު:

01

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް

ކޮންޓްރެކްޓް މުއްދަތު:

01 އަހަރު

މަސައްކަތް ކުރަންޖެހޭ ދުވަސްތައް

ޔުނިވަރސިޓީ ބަންދުނޫން ދުވަސްތައް

މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު

މަސައްކަތްކުރާ ކޮންމެ ދުވަހަކު 6 ގަޑިއިރު

އުޖޫރަ

މަހަކު 15,695.25  ރުފިޔާ

އެހެނިހެން އިނާޔަތްތައް:

މަހަކު 6,726.54 ރުފިޔާ

މަޤާމުގެ ޝަރުތު:

 

  1. މެޑިކަލް، ޕަބްލިކް ހެލްތް ނުވަތަ ޕޮޕިޔުލޭޝަން ހެލްތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 10 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުން
  2. ދިރާސާކުރުމުގެ ތަޖުރިބާ ހުރުމާއެކު، ކުރައްވާފައިވާ ދިރާސާތައް ސްކޯޕަސް އިންޑެކްސްޑް 2 ޖަރނަލްއެއްގައި ޝާއިއުކޮށްފައިވުން
  3. ގުޅުންހުރި ދާއިރާއަކުން ކިޔަވާ ދިނުމުގެ ތަޖުރިބާ ހުރުން
  • އަމަލީގޮތުން ގިނަ ދިރާސާތަކެއް ހަދާފައިވާ އަދި މިދާއިރާއަށް މީހުން އަހުލުވެރިކުރުމުގެ މަސައްކަތް ކުރައްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

(1)    ލީޑަރޝިޕް އަދި ރިސަރޗް ކުރިއެރުވުން:

  • ސްޓެޕް ސާރވޭ އާއި ސީރޯ ސވައިލެންސް ސަރވޭއާއި ގުޅިގެން ހިންގާ ޙަރަކާތްތަކާ ގުޅިގެން ކުރަންޖެހޭ މުއާމަލާތައް ކުރުމާއި، ހަރަކާތްތައް ރޭވުމާއި، ހަރާކާތްތައް ހިންގުމުގައި އިސް ދައުރެއް އަދާ ކުރުން.
  • ސަރވޭ ގެ ދަށުން އެއްކުރަންޖެހޭ ޑޭޓާ ޕްރޮސެސް ކުރުމާއި، ޑޭޓާ ބޭނުންކޮށްގެން ހަދަންޖެހޭ އެނަލިސިސް ގެ މަސައްކަތްތައް ކުރުމުގައި އިސް ދައުރެއް އަދާކުރުން.
  • މެޑިކަލް/ ޕަބްލިކް ހެލްތް ދާއިރާއާއި ގުޅޭ އިތުރު ޕްރޮޕޯސަލް ލިޔުން
  • ސަރވޭގެ ހަރަކާތްތައް އިމްޕްލިމެންޓްކުރުމުގައި އަށް ދޭންޖެހޭ އެހީތެރިކަންދިނުން.
  • އެމް،އެން.ޖޭ.އާރ، ތެވެލި އަދި ރިސަރޗް ގްރާންޓް ގެ އެޕްލިކޭޝަން ރިވިޔު ކުރުން
  • ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގައި ހިންގޭރ ރިސަރޗް ޓްރޭނިންގް ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވުން
  • ދެމެހެއްޓެނެވި ތަރައްޤީއާއި ވިޔަފާރީއާއި އިޤްތިޞާދުގެ ދާއިރާތަކުގެ ދަރިވަރުންގެ ދިރާސާތައް ސުޕަވައިޒްކުރުމާއި ކިޔަވައިދިނުން.
  • ޖާރނަލްތަކާއި މޮނޮގްރާފް ތަކާއި އޮކޭޝަނަލް ޕޭޕަރުތައް ކަރުދާހުގައި އަދި އިންޓަރނެޓްގައި ޝާއިޢުކުރުން.
  • ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް ހިންގުމަށް ބޭނުންވާ ފަންޑު ހޯދަން އެހީތެރިވެ ދިނުން
  • ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގެ މަޤްޞަދުތައް ޕްރޮމޯޓް ކުރުމާއި އޮފީހުން ކުރާ ކަންތައްތައް އިޝްތިހާރު ކުރުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:2021 ޖޫން 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވަންވާނެއެވެ.

 

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢޫލޫމާތު ސާފުކުރުއްވުމަށް ގުޅުއްވާނީ 3345420 ނަމްބަރު ފޯނަށެވެ.

 

17 ޖޫން 2021