ދިވެހިރާއްޖެ
`
މުރައިދޫ ސްކޫލް
ހއ މުރައިދޫ، ދިވެހިރާއްޖެ
(IUL)GS83/2021/05 އިއުލާން
އެލް.ކޭ.ޖީ އަށް ކުދިންވެއްދުމަށް
2022-2021 ވަނަ އަހަރުގެ ދިރާސީ އަހަރަށް ، މިސްކޫލުގެ އެލް.ކޭ.ޖީ އަށް ކުދިން ވެއްދުމުގެ ފުރުޞަތު ތިރީގައި ދެންނެވިފައިވާ އުސޫލާއި އެއްގޮތަށް، 2021 ޖޫން 17ވަނަ ދުވަހުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
އެލް.ކޭ.ޖީ އަށް ވައްދާނީ 31 ޑިސެމްބަރ 2021 ށް 5 އަހަރުފުރޭ ދަރިވަރުންނެވެ. އަދި ނާސަރީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 4 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުތެރޭގައި (31 މާރޗް 2022 އަށް) 5 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުންނަމަ އެދަރިވަރަކަށް އެލް .ކޭ.ޖީން ޖާގަ ލިބޭނެއެވެ. މީގެ އިތުރުން ނާސަރީ ފުރިހަމަކޮށްފައިނުވާ، އަލަށް ސުކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން 1 އޮގަސްޓް 2021 ށް 4 އަހަރު ފުރޭ ދަރިވަރުންނަށްވެސް އެލް.ކޭ.ޖީން ޖާގަ ލިބޭނެއެވެ.
އެލް.ކޭ.ޖީ އަށް ވަންނަށް އެދޭ ދަރިވަރުންނަށް ފޯމު ދޫކުރުމާއި ބަލައިގަތުން
2021-2022 ވަނަ އަހަރު މިސުކޫލްގެ އެލް.ކޭ.ޖީއަށް ވަންނަށް އެދޭ ދަރިވަރުންނަށް ފޯމް ދޫކުރުމާއި ބަލައިގަތުން މިއަދުން ފެށިގެން ޖޫން 30 ވަނަ ދުވަހުގެ 13:00 ށް މި ސުކޫލްގައި ކުރިއަށްދާނެ ވާހަކަ ދަންނަވަމެވެ. ވީމާ، 2021-2022 ވަނަ އަހަރު މިސުކޫލްގެ އެލް.ކޭ.ޖީ އަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން ފޯމު ފުރުއްވުމަށްފަހު ފޯމުގައިވާ ތަކެއްޗާއެކު ހުށައެޅުއްވުން އެދެމެވެ.
17 ޖޫން 2021