ބީލަން
ނަންބަރު: (IUL)425-A2/1/2021/76
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 30 ޖޫން 2021 11:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ބޭނުންވާ 12 ނެޓްވާރކް ސްވިޗު އަދި 11 ނެޓްވާރކް ކޭބަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

 

އަދަދު

އައިޓަމް

08

ނެޓްވާރކް ސްވިޗު 1ޖީ މެނޭޖަބަލް 24 ޕޯރޓް

04

ނެޓްވާރކް ސްވިޗު 1ޖީ މެނޭޖަބަލް 16 ޕޯރޓް

08

ނެޓްވާރކް ކޭބަލް ރޯލް ކެޓް 6

03

ނެޓްވާރކް ކޭބަލް ރޯލް ކެޓް 6އޭ

 

މިއިދާރާއަށް ބޭނުންވާ މަތީގައި ދެންނެވިފައިވާ ތަކެތި (ސްޕެސިފިކޭޝަން ޝީޓުގައި ބަޔާންކޮށްފައިވާ) ސަޕްލައިކޮށްދޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.   

މިމަސައްކަތް ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ދީފައިވާ ސްޕެސިފިކޭޝަނުގައި ވާގޮތުގެމަތީން ޓެކްނިކަލް އިވެލުއޭޝަން ހެދުމަށްފަހު އޭގެތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތަކަށެވެ. އަންދާސީހިސާބާއެކު ބިޒްނަސް ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެވެ.

 

  • މިބީލަމާއިގުޅޭ މައުލޫމާތު ކަރުދާހާއި، ސްޕެސިފިކޭޝަން ޝީޓް އަދި ބީލަން ރަޖިސްޓްރޭޝަން ފޯމް މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމުތައް އިޢުލާނާ އެޓޭޗްކުރެވިފައިވާނެއެވެ،
  • މިބީލަމާއި ގުޅޭ މައުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމުތައް އިޢުލާނާ އެޓޭޗްކުރެވިފައިވާނެއެވެ. 
  • ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-އެމްއިލް: [email protected] އަށް މެއިލް ފޮނުވުމުން ބީލަމުގައި ރެޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުންނެވެ.

 

  • ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 22 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަކަށްޓަކައި ދަންނަވަމެވެ.

 

  • ބީލަން ހުޅުވުން އޮންނާނީ 30 ޖޫން 2021 ވާ ބުދަ ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނު މަގު،މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށިގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

  • ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

  • މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 27 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected]މި އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

 

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

-          ޕްރޮކިއުމަންޓް ސެކްޝަން

-          މާލޭ ސިޓީ ކައުންސިލްގެ އިދާރާ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ / 4 ވަނަ ފަންގިފިލާ)

-          އަމީނީމަގު، މާލެ، ދިވެހިރާއްޖެ

-          ފޯން: 3323902

-          އީމެއިލް: [email protected]

 

17 ޖޫން 2021