ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AB/426/2021/200
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 11:03
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ ފިޔަވަޅުތައް އަޅާފައިވާތީ އެކަން އިތުރަށް ތަފްސީލުކޮށް ދިނުމާ ގުޅޭ

ކޮވިޑް 19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 23-L426/2021/11 (15 ޖޫން 2021) ސިޓީން ފިޔަވަޅުތަކެއް އައްޑޫ ސިޓީ ހިތަދޫގައި އަޅައި އެކަން އާއްމުކޮށް އިޢުލާންކުރެއްވުމަށް ކައުންސިލްގައި އެދިފައިވާތީ، މިއިދާރާގެ ނަންބަރު (IUL)426-AB/426/2021/199 އިޢުލާނުން އެކަން އާއްމުކޮށް އިޢުލާންކޮށްފައި ވާނެއެވެ. މިފިޔަވަޅުތައް މިގޮތުގެމަތިން އަޅާފައި ވީނަމަވެސް އަންނަނިވި ގޮތުގެ މަތިން ލުއިފަސޭހަތަކާއި އަދި ހުއްދަތައް ދޫކުރުމުގައި ވެސް ޢަމަލުކުރެވޭނެއެވެ. އެގޮތުން؛

  1. ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަނުން ޑެލިވަރީގެ ޚިދުމަތް ދިނުން ފިޔަވައި އެހެން ޚިދުމަތް ދިނުން ހުއްޓާލުން. މިގޮތުން ޑެލިވަރީގެ ޚިދުމަތް ދެވޭނީ ހެނދުނު 08:00 އިން ރޭގަނޑު 09:00 އަށެވެ. އަދި މިވަގުތު ތަކުގައި ފިހާރަތަކަށް ވެސް ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ.
  2. ހެނދުނު 08:00 އިން ހަވީރު 04:00 އަށް ވިޔަފާރީގެ ބޭނުންތަކަށް ގޭ ބިސީ ތަކުން ބޭރަށް ނިކުތުމުގައި ޕޮލިސް ޕާރމިޓް ހޯދަންވާނެއެވެ. އަދި ކުރިން ކޮށްފައިވާ އިޢުލާނާއި އެއްގޮތަށް ޕާމިޓް ދޫކުރެވޭނެއެވެ. މިވަގުތު ތަކުގައި ފިހާރަތަށް ވެސް ހުޅުވިފައި ހުންނާނެއެވެ.
  3. ބޭރުގައި އެކަނި ކުރާ ކަސްރަތު ކުރުމަށް ފަތިހު 04:00 އިން ހެނދުނު 08:00 އަށް ހުޅުވާލެވިފައި ވާނެއެެވެ. މިވަގުތު ތަކުގައި ކަސްރަތު ކުރުމަށް ހުޅުވާލެވިފައި ވީނަމަވެސް ގްރޫޕް ކަސްރަތު ކުރުމާއި މުބާރާތްތަކާއި ޓީމް ކުޅިވަރު ހަރަކާތްތަކާއި، ޢިމާރާތްތަކުގެ ތެރޭގައި ކުޅޭ ކުޅިވަރު ހަރަކާތްތައް މަނާވާނެއެވެ. އަދި ޖިމްތައް ވެސް ހުންނަންވާނީ ބަންދުކޮށްފައެވެ.  
  4. މުވައްޒަފުންގެ މަޢުލޫމާތު އައްޑޫ އީ.އޯ.ސީ އާ ހިއްސާކޮށް، ހުއްދަ ހޯދާފައިވާ ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށާއި ކުންފުނިތަކުގެ މުވައްޒަފުންނަށްް އައްޑޫ ސިޓީގެ އަވަށްތަކަށް ވަޒީފާއަށް ދިއުމަށް ދަތުރުކުރެވޭނެއެވެ.

މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ދަންނަވަމެވެ.

06 ޛުލްޤަޢިދާ 1442

 

16 ޖޫން 2021