ދިވެހިރާއްޖެ
The world in Serbia” Programs – Government of Serbia Scholarships" |
ސާރބިއާ ސަރުކާރުން ހިންގަވާ ސްކޮލަރޝިޕް ޕްރޮގްރާމެއް ކަމަށްވާ "ދަ ވޯރލްޑް އިން ސާރބިއާ" ޕްރޮގްރާމްގެ ދަށުން ސާރބިއާގެ ޔުނިވަރސިޓީ އޮފް ބެލްގްރޭޑްގެ ސްކޫލްތަކާއި ކޮލެޖްތަކުގައި ކިޔެވުމުގެ ފުރުޞަތުވަނީ ދިވެހިރާއްޖޭގެ ދަރިވަރުންނަށް ހުޅުވާލެވިފައެވެ. މި ސްކޮލަރޝިޕްގެ ދަށުން 28 ދާއިރާއަކުން އަންޑަރގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް އަދި ޑޮކްޓަރަލް ފެންވަރުގައި ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މިކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައި މިވާ ލިންކުން ލިބެން ހުންނާނެއެވެ.
އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 20 ޖޫން 2021 ގެ ނިޔަލަށް ............................................................................................................................................................... * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.
|