ނީލަން
ނަންބަރު: GS-92/IUL/2020/009
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 22:19
ސުންގަޑި: 27 ޖޫން 2021 10:00
ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
ދަަރު ލަކުޑި ނީލަންކިޔުން

އިޢުލާން

 

ދަރު ލަކުޑި ނީލަންކިޔުމާއި ގުޅޭ

   

  މިސްކޫލްގެ ނަމްބަރ GS92/IUL/2020/007 (07 ޖޫން 2021) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވުމަށް ވަޑައިގެންފައި ނުވާތީ، މިސްކޫލްގެ ގޯއްޗަށް އަލަށް އިތުރުކުރެވުނު ބައިގައި ހުރި ގަސްތައް ނެގުމާއި ގުޅިގެން އުފެދިފައިވާ ލަކުޑިއާއި ދަރުތައް 2 ވަނަ ފަހަރަށް ނީލަން ކިޔުން 2021 ޖޫން 27 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލްގެ ހޯލްގައި ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

  ވީމާ މި ނީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2021 ޖޫން 27 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ށް ސްކޫލަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 2021 ޖޫން 28 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނައިވާދޫ ސްކޫލަށް ފައިސާ ދައްކަވާ، 2021 ޖޫން 29 ވާ އަންގާރަ ދުވަހުގެ 18:00 ގެ ކުރިން ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި އޮންނަ އުޞޫލުގެ ތެރެއިން ނައްތާލެވޭނެއެވެ.

ނީލަމުގައި ބައިވެރިވާން ވަޑައިގަންނަވާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އަޅުއްވައިގެން ވަޑައިގެންނެވުން އެދެމެވެ.

 

  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

16 ޖޫން 2021

16 ޖޫން 2021