މަސައްކަތް
ނަންބަރު: ‎(IUL)369-PS/369/2021/61‎
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 18:01
ސުންގަޑި: 30 ޖޫން 2021 11:10
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
‏މ.މަޑުއްވަރީ ކައުންސިލް އިދާރާގެ އޭސީތައް ސާރވިސްކޮށް މަރާމާތުކޮށް ދޭނެ ފަރާތެއް ހޯދުން

 

  1. އަމިއްލަ ތަކެތީގައި މ.މަޑުއްވަރީ ކައުންސިލް އިދާރާގެ އޭސީތައް ސާރވިސްކޮށް މަރާމާތު ކޮށްދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. ބީލަމަށް ކުރިމަތިލެވޭނެ ފަރާތްތަކާާއި، މިބީލަމާއި ގުޅޭ މައުލޫމާތު މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ބީލަން ފޮތުގައި ވާނެއެވެ.

 

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖޫން 17 އިން 2021 ޖޫން 23 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ރެޖިސްޓަރ (ނަންނޯޓް) ކުރެއްވުން އެދެމެވެ. ތިރީގައިވާ ލިންކުގައިވާ ފޯމް މެދުވެރިކޮށްގެންވެސް ނަންނޯޓް ކުރެވިދާނެއެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ކުރާ ފަރާތްތަކަށެވެ.

 

ރެޖިސްޓްރޭޝަން ފޯމްގެ ލިންކް:

https://docs.google.com/forms/d/e/1FAIpQLSehgWCZlz9WwGdAQhb1ASLWtVPO_dcyWfZ8G5G5b-utIjS4PQ/viewform?usp=pp_url

 

  1. މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖޫން 23 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

 

  1. މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2021 ޖޫން 24 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މ.މަޑުއްވަރީ ކައުންސިލް އިދާރާގެ ދަސްވެނި މާލަމުގައި އޮންނާނެއެވެ.

 

  1. ބީލަން ހުށަހެޅުން އޮންނާނީ 2021 ޖޫން 30 ވާ ބުދަ ދުވަހުގެ 11:00 އިން 11:10 އަށް މ.މަޑުއްވަރީ ކައުންސިލް އިދާރާގެ ދަސްވެނި މާލަމުގައެވެ. ބީލަން ހުޅުވާނީ 2021 ޖޫން 30 ވާ ބުދަ ދުވަހުގެ 11:15 ގައި ކައުންސިލް އިދާރާގެ ދަސްވެނި މާލަމުގައެވެ.

 

  1. މިމަސައްކަތާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. ބީލަމަށް ނަންނޯޓް ކުރުމާއި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

 

މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ

މ.މަޑުއްވަރި ، ދިވެހިރާއްޖެ

ފޯން:9775694،6720039   

އީ-މެއިލް: [email protected]

16 ޖޫން 2021