ދިވެހިރާއްޖެ
އިޢުލާން
ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ ފިޔަވަޅުތައް އެޅުމާ ގުޅޭ:
ކޮވިޑް 19 އާ ގުޅިގެން ޞިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ އާއި އައްޑޫ ސިޓީ ހިތަދޫގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދާތީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 23-L426/2021/11 (15 ޖޫން 2021) ސިޓީން ފިޔަވަޅުތަކެއް އައްޑޫ ސިޓީ ހިތަދޫގައި އަޅައި އެކަން އާއްމުކޮށް އިޢުލާންކުރެއްވުމަށް ކައުންސިލްގައި އެދިފައިވާތީ، 17 ޖޫން 2021 އިން ފެށިގެން އަންނަނިވި ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން؛
- ހެނދުނު 8:00 އިން ހަވީރު 04:00 އާއި ދެމެދުގެ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކުގައި ގެއިން ބޭރަށް ނުކުމެ ނޫޅުން. އަދި މިގޮތަށް ބޭރަށް ދިޔުމުގައިވެސް ޕާރމިޓާއި އެކުގައި ބޭރަށް ނުކުތުން.
- ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަނުން ޑެލިވަރީގެ ޚިދުމަތް ދިނުން ފިޔަވައި އެހެން ޚިދުމަތް ދިނުން ހުއްޓާލުން.
- އެއްގެއިން އަނެއްގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން.
މަތީގައި ދެންނެވުނު ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވާފައި ވާތީ، އެފިޔަވަޅުތަކާ ގުޅިގެން ފާސް ދޫކުރުމުގައި ޢަމަލުކުރާނީ ތިރީގައި މިދަންނަވާ ގޮތަށެވެ.
- ކާފިއު ނޫން ގަޑިތަކުގައި ވިޔަފާރީގެ ބޭނުންތަކަށް ގޭ ބިސީ ތަކުން ބޭރަށް ނިކުތުމުގައި ޕޮލިސް ޕާރމިޓް ހޯދަންވާނެއެވެ. އެ ގޮތުން ކޮންމެ ހައުސް ހޯލްޑް އަކަށް 2 ފާސް ދޫކުރެވޭނެއެވެ. ދޫކުރެވިފައިވާ ފާސްތަކުގެ ތެރެއިން ފާސް ބޭނުންކުރެވޭނީ ދެ ވަގުތަކަށް ބަހާލައިގެން ހެނދުނު 08:00 އިން 12:00 އަށް އަދި 12:00 އިން 16:00 އަށެވެ. ފާސްދޫކުރެވޭނީ ކޮންމެ ގޭބިސީއެއްގެ ކަރަންޓް މީޓަރަށް ބަލައިގެން 1 ހަފްތާގެ މުއްދަތަށެވެ.
- ރެސްޓޯރެންޓްތަކަށް ޑެލިވަރީގެ ޚިދުމަތް ދެވޭނީ ހެނދުނު 08:00 އިން ރޭގަނޑު 09:00 އާ ހަމަޔަށެވެ.
- ހިތަދޫގައި ހުރި، ސަރުކާރުގެ މުވައްސަސާތަކާއި ސްކޫލްތަކާއި އާއްމު ޚިދުމަތްދޭ ތަންތަނުން ކޮންމެހެން ވަޒީފާއަށް ނިކުންނަންޖެހޭ މުވައްޒަފުންގެ މައުލޫމާތު އައްޑޫ އީ.އޯ.ސީ އަށް މެއިލްކޮށް ހުއްދަ ހޯދަންވާނެއެވެ. މިގޮތުން ވަޒީފާއަށް ނިކުއްނަ މުވައްޒަފުންގެ ނަމާއި އައި.ޑީ.ކާޑު ނަންބަރު އަދި ޑިއުޓީއަށް ނިކުއްނަން ޖެހޭ ގަޑިއާއި ނިމޭގަޑި އެނގޭ ގޮތަށް ލިސްޓް ފޮނުއްވަންވާނެއެވެ. މިގޮތުން ފޮނުވޭ ލިސްޓް މޯލްޑިވްސް ޕޮލިސް ސަރވިސް އާ ހިއްސާ ކުރެވޭނެއެވެ.
- މަސްެވެރިކަންކުރާ ފަރާތްތަކަށް ޕޮލިސް ޕާމިޓް މެދުވެރިކޮށް ހުއްދަ ދޫކުރެވޭނެއެވެ.
މީގެ އިތުރުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 53/2021 އެންގެވުމުން، އައްޑޫ ސިޓީގައި ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައި ވާތީ، އެ ފިޔަވަޅުތައް އެގޮތުގެމަތިން ދެމިއޮންނާނެ ވާހަކަ ދެންނެވީމެވެ.
މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ދަންނަވަމެވެ.
05 ޛުލްޤަޢިދާ 1442