ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2021/50
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 25 އޮކްޓޫބަރު 2021 13:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ނަރުސް

                      އިޢުލާން

ތިރީގައި މި ދަންނަވާ މަގާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ދިވެހިބޭފުޅުންނަށެވެ.

 

މަޤާމް:

ނަރުސް

ރޭންކް:

އެމް.އެސް 3 (މެޑިކަލް ސަރވިސް 3)

ކްލެސިފިކޭޝަން:

މެޑިކަލް ސަރވިސް

މުސާރަ:

މަހަކު -/5,610 ރުފިޔާ

ސަރވިސް އެލަވެންސް:

ނޮންޕްރެކްޓިކްސް އެލަވްންސް:

ފުޑް އެލަވަންސް:

ލިވިންގ އެލަވަންސް:  

މަހަކު -/3,500 ރުފޔާ

މަހަކު 1,963/50 ރުފޔާ

މަހަކު -/1,800 ރުފިޔާ

މަހަކު -/2,500 ރުފިޔާ

ބޭނުންވާ އަދަދު:

03

މަސައްކަތް ކުރަންޖެހޭ ތަން:           

މާފުށި ޖަލު ، މާލެ ޖަލު، އައްސޭރި ޖަލު، ހުޅުމާލެ ޖަލު

މަޤާމުގެ ޤިންތި:

ދާއިމީ / ކޮންޓްރެކްޓް

ފެންވަރު ނުވަތަ ޝަރުތު:                              

 

 

 

މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  •  ނަރސިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  • މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސް  އޮތުން.
  • ބިދޭސީ އެއްނަމަ، 150 އެނދުގެ މެޑިކަލް ފެސިޓީއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި މަސައްކަތުގެ ދާއިރާއާއި ދުރުގައި އެއް އަހަރަށް ވުރެ ގިނަ ދުވަހު އުޅެފައި ނުވުން.
  • މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން،
  • ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި،އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށް އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • ޖަލުތަކުގައި ތިބޭ ބަންދުމީހުންނަށް ގަވާއިދުން ބޭސްދިނުން.
  • ރަސްމީ ޑިއުޓީގެ އިތުރުން ދިމާވާ އެމަރޖަންސީ ހާލަތްތަކުގައި ހާޒިރުވުން.
  • ނާރސިން ސްޓޭޝަން އަބަދުވެސް އެމެޖެންސީ ޙާލަތަށް ތައްޔާރުކޮށްފައި ބެހެއްޓުން.
  • އޯޕީޑިގައި ދިމާވާ މެޑިކަލް އެމެޖެންސީތަކުގައި ބަންދުމީހުންނަށް ސިއްޙީ ފަރުވާ ދިނުން.
  • ބަންދުގައި ތިބޭ ޤައިދީންގެ ތެރެއިން ޙާއްސަ ބަލިތަކަށް ފަރުވާ ހޯދަމުންދާ ޤައިދީންގެ މަންތުލީ  މެޑިކޭޝަން މޮނިޓަރ ކުރުމާއި ފޮލޯއަޕް މޮނިޓަރ ކުރުން.
  • އަލަށް ގެންނަ ޤައިދީން ސްކްރީން ކުރުން.
  • މެޑިކަލް ފައިލްތައް ބެލެހެއްޓުން.

 

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

 

  • ތަޢުލީމީ ފެންވަރު.
  • ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. ބިދޭސީ ނަމަ ފުރާނީ ބިދޭސީންނަށް ހާއްސަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމެވެ.  

-  ވަޒީފާއަށް އެދޭ ފަރާތުގެ ޕާސްޕޯޓުގެ ކޮޕީ ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

-          ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ތައްގަނޑުޖެހި ކޮޕީ.

-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ސީވީ )

-     ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

-     ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.

-     އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.

-     ޕޮލިސް ރިޕޯޓް (ދިރިއުޅޭ ޤައުމެއްގެ)

-     ބިދޭސީ އެއްނަމަ ފުރާފައިވާ މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމު.

-     ބިދޭސީއެއްނަމަ މި އިޢުލާންގައިވާ ލިޔެކިއުންތަކުގެ އިތުރުން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމްގައި ހިމެނިފައިވާ ހުރިހާ ލިޔެކިއުންތައް.

-      ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

 

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއި އެކު [email protected]  އަށް މެޢިލްކޮށްދެއްވުން އެދެމެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ސައްޙަނޫން ކަމަށް ސާބިތުވާ ލިޔުންތަށް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

އިތުރު މަޢުލޫމާތު:

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 08.00 ން 16.00 އަށް ގުޅުއްވާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ.

މިއީ މި އިޢުލާންގެ ދަށުން ހަމަޖައްސާ 03 ނަރުހުންގެ އިތުރުން ، މި ސަރވިސްއަށް ނަރުހުން ހޯދުމުގެ ދަތިކަން ހުރުމުގެ ސަބަބުން ރެކްރޫޓްމަންޓްގެ ޕްރޮސެސް އަވަސްކުރުމަށްޓަކައި، ނަރުހުންގެ ޕޫލްއެއް ހެދުމަށްޓަކައި ކުރެވިފައިވާ އިޢުލާނެކެވެ. އަދި 2021ވަނަ އަހަރުގައި ހުސްވާ ނަރުހުންގެ މަޤާމަށް ނަރުހުން ހަމަޖައްސާނީ މި ޕޫލްގެ ތެރެއިންނެވެ. މި އިޢުލާންގެ މުއްދަތު ކަމުގައި ކަނޑައެޅިފައިވަނީ އިޢުލާން ކުރާތާ 04 މަސްދުވަހެވެ.   

ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ޕީ.ޑީ.އެފް ފޯމެޓަށެވެ.

       
15 ޖޫން 2021