ދިވެހިރާއްޖެ
ފުނަދޫ ސްކޫލް |
|
ފުނަދޫ، |
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ: (IUL)GS-59-B/INDIV/2021/17
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ޔުނީފޯމް ފޮތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މިސްކޫލުގެ ދަރިވަރުންގެ ޔުނީފޯމް ފެހުމަށް ބޭނުންވާ ފޮތި ވިއްކައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
1. މި ބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޖޫން 16 ން 22 ގެ 8:00 ން 14:00 އާއި ދެމެދު ( ރަސްމީގަޑީގައި ) ގުޅުއްވައިގެން ނަންނޯޓު ކުރުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ ނަންނޯޓްކުރާ ފަރާތްތަކަށް އެކަނިއެވެ.
2. މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖޫން 22 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected] ފޮނުއްވުން އެދެމެވެ. ނުވަތަ ރަސްމީގަޑީގައި 7536273 ފޯނާއި ގުޅުއްވުން އެދެމެވެ.
3. މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2021 ޖޫން 23 ވާ ބުދަ ދުވަހު ހެދުނު 11:00 ގައި ފުނަދޫ ސްކޫލުގައެވެ.
4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ޖޫން 30 ވާ ބުދަ ދުވަހު މެންދުރު 13:00 ގައި ފުނަދޫ ސްކޫލުގައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން ނަން ނޯޓު ކުރައްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެވެ.
ފުނަދޫ ސްކޫލް،
ރެހެންދިމަގު / ށ.ފުނަދޫ
ފޯން: 6540540
އީމެއިލް: [email protected]
16 ޖޫން 2021