ދިވެހިރާއްޖެ
ނަންބަރ: MMS-A/2021/7
އިޢުލާން
ވެހިކަލް ސަރވިސް ކުރުމަށް އަންދާސީ ހިސާބު ބޭނުންވެއްޖެ.
މި ސަރވިސްގެ ދެ ވެހިކަލް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް 16 މެއި 2021 ގައި ކޮށްފައިވާ، ނަންބަރު MMS-A/2021/6 އިއުލާނުގައި ބިޑް ހުޅުވާގަޑި ހިމެނިފައިނުވާތީ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޖޫން 29 ވާ އަންގާރަ ދުވަހުގެ11:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން ބީލަންތަށް ހުށައެޅުއްވުން އެދެމެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 29 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރައިގެ އީމެއިލް އެޑްރެސް [email protected] އަށް 27 މޭ 2021 ވާ އާދިއްތަ ދުވަހުގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
މަސައްކަތުގެ ތަފްޝީލް |
|
އެސްޓިމޭޓްއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖްރިބާ.ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފްސީލް
- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
- އަމިއްލަފަރާތަކުން ހުށައަޅުއްވާނަމަ އައިޑީކާޑު ކޮޕީ
- މީގެ ކުރިން ކުރެވިފައިވާ އަދި މިހާރު ކުރަމުންދާ މި ބާވަތުގެ މަސައްކަތާއި ބެހޭ މައުލޫމާތު.
- މި މަސައްކަތުގައި ލިބިފައިވާ ތަޖްރިބާ އަންގައިދޭ ލިޔުން.
އެސްޓިމޭޓް ހުށަހަޅާއިރު ސަމާލުކަން ދޭންޖެހޭ މުހިންމު ބައެއް ކަންތައްތައް
- ތައްޔާރުކުރާ އެސްޓިމޭޓަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
- ހުށަހަޅާ އެސްޓިމޭޓްގައި ކުރަންޖެހޭ މަސައްކަތްތަކަށް ތަފްސީލް އަގާއި ޖުމަލަ އަގު އަދި ޖީ.އެސް.ޓީ. ހިމަނަންވާނެއެވެ.
- ހުށަހަޅާ އެސްޓިމޭޓްގައި މަސައްކަތް ނިންމާނެ މުއްދަތު ހިމަނަންވޭނެއެވެ.
- ވެހިކަލް ގަރާޖަށް ގެންދިޔުމާއި މިސަރވިސްއަށް ގެނައުމަކީ މަސައްކަތް ހަވާލުވާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.
ބިޑް އިވެލުއޭޝަން ކްރައިޓީރިއާ
ތަފްސީލް |
ޕޮއިންޓް |
Minimum Quoted Price) / (Quoted Price) x 85) |
85 |
Shortest Delivery Period) / (Quoted Delivery Period) x 10) |
10 |
ފުރިހަމަ ލިޔުމެއްކަމަށްބެލެވޭނީ، ވޭތުވެދިޔަ 5 އަހަރުތެރޭގައި މި ކަމާއި ގުޅުންހުރި މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު މަސައްކަތް ކޮށްފައިވާ އަގާއި، މުއަދަތު އަދި ތާރީޙް އެންގޭނޭ ގޮތަށް ހުށަހަޅާފައިވާ ލިޔުމަށް އެކަންޏެވެ. މފަދަ 5 ލިޔުން ނުވަތަ އެއަށްވުރެ އިތުރުވާނަމަވެސް ލިބޭނީ 5 ޕޮއިންޓެވެ. |
05 |
ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވޭގޮތްތައް:
- ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
- ހުށަހަޅާ އަންދާސީ ހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގުހުށަހެޅިފައި ނެތުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވުން.
- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.