ދިވެހިރާއްޖެ
|
ޕްރޮޖެކްޓް ނަމްބަރ |
PC-171/2021/W-L006 |
އިޢުލާން
ގދ.ތިނަދޫ ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ ޕޮލިސް އެއްގަމު އުޅަނދުފަހަރާއި ގދ.އަތޮޅުގައި ބޭނުންކުރާ ކަނޑުއުޅަނދު ފަހަރަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސެލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި މުއައްސަސާގެ ނަންބަރު 171-I2(b)/IUL/2021/013 އިޢުލާނާއި ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސްގެ ބީލަމުގެ މައްސަލަ ބަލާ މުސްތަޤިއްލު ރިވިއު ކޮމެޓީއަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އެ ކޮމެޓީގެ އެންގުމަށް، މި މުއައްސަސާގެ ނަމްބަރު BC-171/2021/147 ބިޑް ކޮމިޓީ އިން ވަނީ މި ދެންނެވުނު އިޢުލާނާއި ގުޅިގެން ހުށަހެޅުނު ބިޑް ޕްރޮޕޯސަލްތަކަށް ގޮތެއް ކަނޑައެޅުމަށް ކުރިއަށްގެންދިޔަ މި މުއައްސަސާގެ ނަމްބަރު BC-171/2021/047 ބިޑް ކޮމެޓީގެ ނިންމުން އަލުން މުރާޖާކުރުމަށްފަހު، މި މުއައްސަސާގެ ނަމްބަރު BC-171/2021/047 ބިޑް ކޮމެޓީގެ ނިންމުން ބާތިލްކޮށް، އިޢުލާން ނަމްބަރ 171-I2(b)/IUL/2021/013 ގެ ދަށުން އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން '' ހަތާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް'' އިން ހުށަހަޅާފައިވާ ބިޑް އެވާރޑް ކޮށްފައެވެ. އަދި މި ނިންމެވުމާއި ގުޅިގެން މި މުއައްސަސާގެ އިޢުލާން ނަމްބަރު 171-I2(b)/IUL/2021/013 (4 ޖޫން 2021) ވަނީ ބާތިލް ކުރެވިފައެވެ. ވީކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
15 ޖޫން 2021