ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2021/83
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 18:23
ސުންގަޑި: 22 ޖޫން 2021 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މުދީރު

މަޤާމް :މުދީރު
ބޭނުންވާ އަދަދު :1

މަޤާމު:

މުދީރު

ބޭނުންވާ އަދަދު:

01

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ދަނާލު

ގްރޭޑް:

06

ސްޕައިން ޕޮއިންޓް:

35

މުސާރަ:

މަހަކު 10،582.19 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 4،535.22 ރުފިޔާ

ޢިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  1. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7/8ގެ ސަރޓިފިކެޓަކަށްފަހު މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
  2. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 5/6ގެ ސަރޓިފިކެޓަކަށްފަހު މަދުވެގެން 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންއާއި އޮޕަރޭޝަނަލް ޕްލޭން އެކުލަވާލުމުގައި ބައިވެރިވުމާއި އޭގައިވާ ގޮތަށް ޔުނިވަރސިޓީގެ ދަނާލުތަކުގެ ކަންކަން ބައްޓަން ކުރުމާއި ހިންގުން.
  2. މިގޮތުން މަޖްދުއްދީން ދަނާލުގެ ޤަވާއިދުގައި ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ދަނާލުން ދަރިވަރުންނަށްދޭ ޚިދުމަށް ދުވަހުން ދުވަހަށް ދިނުން. އަދި އެކުލަވާލާފައިވާ ޤަވާއިދުހިންގުމުގައި ދިމާވާ ދަތިތައް ދެނެގަނެ ތަނަށާއި ތަނުގައި ތިބޭ ދަރިވަރުންނަށް ފަހި މާހައުލެއް ޤާއިމްކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  3.  މަޖްދުއްދީން ދަނާލު ބެލެހެއްޓުމުގައި އަދި ޤަވާއިދާއި އެއްގޮތަށް ހިންގުމުގައި އެކުލަވާލަންޖެހޭ އެސް.އޯ.ޕީތައް އެކުލަވާލުމާއި، މުރާޖާ ކުރުމާއި އޭގައިވާ ފިޔަވަޅުތަކުގައި ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ދަނާލުގެ ކަންކަން ހިންގުމާއި ދިމާވާ މައްސަލަތައް ދުވަހުން ދުވަހަށް ދެނެގަނެ ރަގަޅުކޮށް ކަންކަން ޙައްލުކުރުން.
  4.  ދަނާލުގައި ދިރިއުޅޭ ދަރިވަރުންގެ ފުރިހަމަ ރެކޯރޑް ބަލަހައްޓާ ޒަމާނީ ވަޞީލަތް ބޭނުންކޮށްގެން އަޕްޑޭޓް ރަޖިސްޓްރީ ބެލެހެއްޓުން.
  5. ދަރިވަރުންގެ ތެރެއިން ޤަވާއިދުން ފައިސާ ދައްކާ / ނުދައްކާ  ދަރިވަރުންނާމެދު ޢަމަލުކުރަން ހަމަޖެހިފައި އޮންނަ އުޞޫލުން ޢަމަލުކުރުން. 
  6. ތަނުގެ އެންމެހާ މެއިންޓަނަންސް ކަންކަން އިސްނަގައިގެން ދެނެގަތުމާއި، އެކަންކަން ހައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމާއި، މަރާމާތުތައް ކުރުން / ކުރުވުން.
  7. ދަނާލުގެ ސާފުތާހިރުކަން މޮނިޓަރކޮށް މުވައްޒަފުންގެ މަސައްކަތް ބަލާ ސްޕަރވައިޒްކޮށް ފީޑްބެކްދީ ކަންކަން އިޞްލާޙް ކުރުމަށް މަސައްކަތްކުރުން.
  8. ދަނާލަށް ބޭނުންވާ ސާމާނު ހޯދާ އެތަކެތި މޮނިޓަރކޮށް ބެލެހެއްޓުން. މިގޮތުން ތަންހިންގުމަށް، މެއިންޓަނަންސް ކަންކަމަށް އަދި ތަނުގެ ރައްކައުތެރިކަމަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމާއި އެކަންކަމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުން
  9. ދަނާލުގެ ރައްކައުތެރިކަން ކަށަވަރުކުރުމާއި، އަލީފާނުގެ ހާދިސާއާއި އެހެނިހެން ހާދިސާތަކަށް ބޭނުންވާ ސާމާނު ބޭނުންކުރެވޭ ހާލަތުގައި ބެހެއްޓުމާއި، ކަމާއިބެހޭ ތަމްރީނާއި ޑްރިލް މަދުވެގެން އަހަރަކު 2 ފަހަރު ހެދުން.
  10. ޔުނިވަރސިޓީގެ ޤަވާޢިދާ އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުމާއި، ތަނުގެ އިދާރީ މަސައްކަތްތައް ކުރުން.
  11.  ދަނާލުގައި ދަރިވަރުން ތިބޭއިރު، ދަރިވަރުންގެ އަމަލުތަކަށް ފާރަވެރިވެ އެދަރިވަރުންގެ  އަޚްލާޤާ ސްލޫކަށް ހުރަސް އެޅޭފަދަ ކަމެއް ދިމާވެއްޖެނަމަ ޤަވާއިދުން ފިޔަވާޅުއެޅުން.
  12. ދަނާލުގައި ތިބޭ ދަރިވަރުން ބަލަހައްޓާ، ދަރިވަރަކު ބަލިވެއްޖެނަމަ ޑޮކްޓަރަށް  ދެއްކުމުގެ ކަންތައް ހަމަޖެހިފައިވާ އުޞޫލުން ކުރުން. އަދި އެއިރެއްގެ ހާލަތަށް ބަލާ ބަލިމަޑުކަން ފެތުރުނަނުދިނުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް ވެރިންނާއި މަޝްވަރާކޮށް އަޅަމުން ގެންދިއުން.
  13. ދަނާލުގައި ތިބޭ ދަރިވަރުންގެ ބެލެނިވެރިން އަދި ބައްދަލުކުރަންދާ މީހުން ކަނޑައެޅިފައިވާ އުޞޫލުން ޢަމަލުކުރޭތޯ ބެލުމާއި ޖެހޭ މައްސަލަތައް ޙައްލުކުރުން.
  14. ދަނާލުގެ މުވައްޒަފުން ސުޕަރވައިޒްކޮށް ބެލެހެއްޓުމާއި މުވައްޒަފެއްގެ މަސައްކަތާ އަޚްލާޤާއި ގުޅޭގޮތުން ފިޔަވަޅެއް އަޅަންޖެހިއްޖެނަމަ ފިޔަވަޅެއް އެޅުން.
  15.  މީގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.  

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2021 ޖޫން 22 ވާ އަންގާރަ ދުވަހު މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

 http://bit.do/MNUJobs-CA-2021-83

 

 

 

 

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://bit.do/JobApplicationForm-for-Locals-English

http://bit.do/JobApplicationForm-for-Locals-Dhivehi

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.
15 ޖޫން 2021