ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)94-H/1/2021/18
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 17:41
ސުންގަޑި: 24 ޖޫން 2021 12:00
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ސޮފްޓްވެއަރ ޑެވެލޮޕަރ

މަގާމުގެ ނަން

މަޤާމު:

ސޮފްޓްވެއަރ ޑެވެލޮޕަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ ، ކޮންޓްރެކްޓް އުސޫލުން

ކޮންޓްރެކްޓް މުއްދަތު:

2 އަހަރު (މީލާދީ)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް  އިމިގްރޭޝަން ހެޑް އޮފީސް (ވެލާނާގެ 1 ވަނަ ފަންގިފިލާ)

މުސާރަ:                   

-/25000ރ

ލިވިންގ އެލަވަންސް:

-/10000ރ

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

މިމަގާމުގެ މަސްއޫލިއްޔަތުތަކާއި މިމަޤާމަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރ) މޯލްޑިވްސް އިމިގްރޭޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

 

މަގާމަށް އެދެންވީގޮތާއި ސުންގަޑި

 މަޤާމަށް ޝައުޣުވެރިވާ ފަރާތްތަކުން 24 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މޯލްޑިވްސް އިމިގްރޭޝަން (ހ. ވެލާނާގެ / 1ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]   މެދުވެރިކޮށްވ ބަލައި ގަނެވޭނެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.އިޢުލާނުގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން މަޤާމަށް އެދި ހުށަހަޅަންވާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސޮފްޓެވެއަރ ޑިވެލޮޕަރގެ މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މިއޮފީހުގެ ވެބްސައިޓުން www.immigration.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ:

-          ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، މުއްދަތު ހަމަނުވާ ،ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

-          ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް

-          ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

-          މަސައްކަތު ތަޖުރިބާ އާއި ޤާބިލްކަން އަންގައިދޭ އެންމެހާ ލިޔެކިޔުންތައް.

 

އިންޓަވިއު ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ނޯޓް: އިންޓަވިއު އަށް ހާޒިރުވާއިރު ލިބިފައިވާ ތުއުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް

  • ހިއުމަން ރިސޯސް ސެކްޝަން
  • މޯލްޑިވްސް އިމިގްރޭޝަން ، މާލެ، (ވެލާނާގެ 1 ވަނަ ފަންގިފިލާ)
  • ފޯނު: 3330411 އަދި 3330412 ނަންބަރު
  • އީ –މެއިލް: [email protected]

ވެބްސައިޓް: www.immigration.gov.mv

 

15 ޖޫން 2021