ދެންނެވުން
ނަންބަރު: 2021/22
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 16:06
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
2021 ޖޫން 22 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިގިނލި، ތިލަފުށި، އަދި ގުޅީފަޅު)ގެ ސިވިލް ސަރވިސްގެ އިދާރާތަކުން ޚިދުމަތް ދިނުމާ ގުޅޭ

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 2021/38 (ދައުލަތުގެ އޮފީސްތަކާއި، އަމިއްލަ އޮފީސްތަކަށް ހާޒިރުވެގެން މަސައްކަތްކުރުން މަޑުޖައްސައިލުމަށް އެންގުން) އާ ގުޅިގެން 15 ޖޫން 2021 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކުރައްވާފައިވާ ނަންބަރު 2021/16 (މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު) ގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވި މުއްދަތު 2021 ޖޫން 22 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރެއްވުން) ދެންނެވުމާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ. އަދި މި ދެންނެވުމާ އެއްގޮތަށް ޢަމަލުކުރެއްވުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާ އެންގުންތަކާއި އެއްގޮތަށް އަމަލުކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.

15 ޖޫން 2021