ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)167-PR/167/2021/27
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 21 ޖޫން 2021 00:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މި ސަރވިސްގައި މަސައްކަތް ކުރާ އޮފިސަރުން ބޭނުން ކުރުމަށް އެންކަލް ބޫޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ސުރުޙީގައި ދަންނަވާފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު:- (IUL)167-PR/167/2021/27  އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ތިރީގައި ދެންނެވިފައިވާ ފަރާތާއި ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މި ސަރވިސްގެ ބިޑް ކޮމެޓީގެ 17 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،

  • ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
  • މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.

މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.

 1.     ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-

ކުންފުނީގެ ނަން:-

ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ

ހުށަހަޅާފައިވާ އަގު:-

1,010,604.00 ރ

ހުށަހަޅާފައިވާ މުއްދަތު:-

50 ދުވަސް

 2.     ބީލަން ހުށަހަޅާފައިވާ އެހެނިހެން ފަރާތްތައް:-

ކުންފުނީގެ ނަން:-

ބިޒް ނެކްސް އިންވެސްޓްމެންޓް

ހުށަހަޅާފައިވާ އަގު:-

1,169,451.36 ރ

ހުށަހަޅާފައިވާ މުއްދަތު:-

45 ދުވަސް

ބީލަން ކާމިޔާބު ނުވި ސަބަބު:-

މި މަސައްކަތް ހަވާލު ކުރެވިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަންގައި އެންމެ ކުޑަ އަގު ހުށަހަޅާފައިވާ ފަރާތަށެވެ.

ކުންފުނީގެ ނަން:-

ލައިންއޭޖް ޕްރައިވެޓް ލިމޓެޑް

ހުށަހަޅާފައިވާ އަގު:-

1,526,400.00 ރ

ހުށަހަޅާފައިވާ މުއްދަތު:-

67 ދުވަސް

ބީލަން ކާމިޔާބު ނުވި ސަބަބު:-

މި މަސައްކަތް ހަވާލު ކުރެވިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަންގައި އެންމެ ކުޑަ އަގު ހުށަހަޅާފައިވާ ފަރާތަށެވެ.

ކުންފުނީގެ ނަން:-

ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް

ހުށަހަޅާފައިވާ އަގު:-

1,895,280.00 ރ

ހުށަހަޅާފައިވާ މުއްދަތު:-

20 ދުވަސް

ބީލަން ކާމިޔާބު ނުވި ސަބަބު:-

މި މަސައްކަތް ހަވާލު ކުރެވިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަންގައި އެންމެ ކުޑަ އަގު ހުށަހަޅާފައިވާ ފަރާތަށެވެ.

ކުންފުނީގެ ނަން:-

ޕަޕާޔާސް ޕްރައިވެޓް ލިމިޓެޑް

ހުށަހަޅާފައިވާ އަގު:-

828,072.00 ރ

ހުށަހަޅާފައިވާ މުއްދަތު:-

60 ދުވަސް

ބީލަން ކާމިޔާބު ނުވި ސަބަބު:-

މޯލްޑިވްސް ޕަޕާޔާސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ އަންދާސީ ހިސާބުގައި، މަޢުލޫމާތު ކަރުދާހުގައި ހުށަހަޅަންޖެހޭ ތަކެތި ކަމަށް ބަޔާންކޮށްފައިވާ ހުރިހާ ތަކެތި ހުށަހަޅާފައި ނުވާތީ އިވެލުއޭޓް ނުކުރެއެވެ.

ކުންފުނީގެ ނަން:-

މޯލްޑިވްސް އެޝުއަރ ސަޕްލައި

ހުށަހަޅާފައިވާ އަގު:-

636,000.00 ރ

ހުށަހަޅާފައިވާ މުއްދަތު:-

30 ދުވަސް

ބީލަން ކާމިޔާބު ނުވި ސަބަބު:-

މޯލްޑިވްސް އެޝުއަރ ސަޕްލައިން ހުށަހަޅާފައިވާ އަންދާސީ ހިސާބުގައި، މަޢުލޫމާތު ކަރުދާހުގައި ހުށަހަޅަންޖެހޭ ތަކެތި ކަމަށް ބަޔާންކޮށްފައިވާ ހުރިހާ ތަކެތި ހުށަހަޅާފައި ނުވާތީ އިވެލުއޭޓް ނުކުރެއެވެ.

 

ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާއެއް ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 2021 ޖޫން 21 ވަނަ ދުވަހެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، މި ސަރވިސްއަށް އެޑްރެސް ކުރުމަށްފަހު ހުށަހަޅަންވާނެއެވެ.

އީ.މެއިލް :-[email protected]

ސެކްޝަން :-Procurement section

ފޯން ނަންބަރު :- 3026124 , 3026133 

15 ޖޫން 2021