ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-FCD/2014/12
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2014
ޕަބްލިޝްކުރި ގަޑި: 12:41
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
އެކްސްޕޯޓްކުރާ މަހާއި މަހުގެ ބާވަތްތައް ޕުރޮސެސްކުރާތަންތަން ރަޖިސްޓަރީ ކުރުމާބެހޭ

އެކްސްޕޯޓުކުރާ މަހާއި މަހުގެ ބާވަތްތައް ޕުރޮސެސްކުރާތަންތަން ރަޖިސްޓަރީ ކޮށް ކޮމްޕްލައިންސީ މިއޮތޯރިޓީއިން ދަނީ ދޫކުރަމުންނެވެ. މިފަދަ ތަންތަން "ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާބެހޭ އާންމު ގަވާއިދު" އާއި އެކްސްޕޯޓުކުރާ ޤައުމެއްގެ ކާބޯތަކެތީގެ ގަވާއިދުތަކަށް ފެތެންޖެހެއެވެ. މި ގޮތަށް ރަޖިސްޓަރީ ނުކުރެވި ހުރި ތަންތަން މި އޮތޯރިޓިގައި ރަޖިސްޓަރީކުރުމަށް އަންގަމެވެ.

ވީމާ، 1 ސެޕްޓެންބަރު 2014 އިން ފެށިގެން ފުޑްސްޓަފް ސެޓުފިކެޓު ދޫކުރެވޭނީ ރަޖިސްޓަރީކޮށް ކޮމްޕްލައިންސީ ލިބިފައިވާ ކާރުހާނާތަކަށް ކަން އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ. އަދި މިފަދަ ތަންތަނުން އެހެން ފަރާތްތަކަށް މަސް ޕުރޮސެސްކޮށް ބަންދުކޮށްދޭނަމަ އެކަން ކުރަންވާނީ އެއްބަސްވުމެއްގެ މަތިން އެގްރިމެންޓުކުރެވިގެންނެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި އޮތޯރިޓީގެ ނަންބަރު 3014305 ފޯނަށް ގުޅުއްވުން އެދެމެވެ.

5 ޝަޢުބާން 1435ހ. 

03 ޖޫން 2014