ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-PRJ/23/2021/143
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި:
24 ޖޫން 2021 12:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕްރިންސް މަހިޑޯލް އެވޯޑް 2021 އާއިގުޅޭ
އިޢުލާން
ޕްރިންސް މަހިޑޯލް އެވޯޑް 2021 އާއިގުޅޭ
ތައިލޭންޑްގެ ޕްރިންސް މަހިޑޯލް އެވޯރޑް ފައުންޑޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ދޭ ޕްރިންސް މަހިޑޯލް އެވޯޑް އަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރުވަނީ 30 ޖޫން 2021 އާއި ހަމައަށް މުއްދަތު އިތުރު ކޮށްފައެވެ.
ވީމާ، މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނޮމިނޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 24 ޖޫން 2021 (ބުރާސްފަތި) ދުވަހުގެ 12:00ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތް ޑިވިޜަން އަށް އެޑްރެސްކޮށް ފޮނުވައިދެއްވުމަށް އެދި ދަންނަވަމެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމާއިގުޅޭ ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ. (http://www.princemahidolaward.org)
05 ޛުލްޤައިދާ 1442ހ.
15 ޖޫން 2021