މަސައްކަތް
ނަންބަރު: (IUL)ADAH-AH/INDIV/2021/19
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 10:00
ސުންގަޑި: 22 ޖޫން 2021 13:30
އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އދ. ދިގުރަށު ޞިއްޙީމަރުކަޒާއި އދ. ދިއްދޫ ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އދ. މާމިގިލީ ޞިއްޙީމަރުކަޒުގެ ލެބޯޓްރީއަށް ގެންދިއުމާއި، ކެރިއަރ އަނބުރާ ގެންގޮސްދޭނެ ފަރާތެއް ހޯދުން.

އދ. ދިގުރަށު ޞިއްޙީމަރުކަޒާއި އދ. ދިއްދޫ ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އދ. މާމިގިލީ ޞިއްޙީމަރުކަޒުގެ ލެބޯޓްރީއަށް ގެންދިއުމާއި، ކެރިއަރ އަނބުރާ ގެންގޮސްދޭނެ ފަރާތެއް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 14 ޖޫން 2021 ވާ ހޯމަ ދުވަހުން ފެށިގެން 22 ޖޫން 2021 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ނިޔަލަށް، މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] ނުވަތަ[email protected]  ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 22 ޖޫން 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.    

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ޖޫން  2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އދ. ދިގުރަށު ޞިއްޙީމަރުކަޒު ނުވަތަ އދ. ދިއްދޫ ޞިއްޙީމަރުކަޒު ނުވަތަ އދ. މާމިގިލީ ޞިއްޙީމަރުކަޒު ނުވަތަ އދ. އަތޮޅު ހޮސްޕިޓަލު ގައެވެ. ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

14 ޖޫން 2021